ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮކްޓޯބަރު މަހު ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 57 މައްސަލައެއް ހުށައަޅައިފި

ޖިންސީ ގޯނާއާއި ގެވެށި އަނިޔާއާއި ދެކޮޅަށް ޒުވާނުންތަކެއް ނިކުމެ ކުރިޔަށް ގެންދިޔަ ސިލްސިލާ އިހުތިޖާޖުތަކުގެ ތެރެއިން/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ އޮކްޓޯބަރު މަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ ޖުމްލަ 57 މައްސަލައެއް ހުށައަޅާފައިވާ ކަމަށް އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އަންހެނުންނާ ގުޅޭ 52 މައްސަލައަކާއި، ފިރިހެނުންނާ ގުޅޭ 5 މައްސަލައެކެވެ.

އެ ވުޒާރާއިން ޢާންމުކޮށްފައިވާ މަހު ރިޕޯޓުގައިވާ ގޮތުން، އޮކްޓޯބަރު މަހު ހުށައެޅުނު މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. އެގޮތުން ޖިސްމާނީ އަނިޔާގެ 31 މައްސަލަ ހުށައަޅާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އަންހެނުންނާ ގުޅޭ 29 މައްސަލައަކާއި ފިރިހެނުންނާ ގުޅޭ 2 މައްސަލައެވެ.

ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ މައްސަލަތަކެވެ. މި ބާވަތުގެ 13 މައްސަލައެއް ހުށައަޅާފައިވާއިރު، އެ ހުރިހާ މައްސަލައަކީވެސް އަންހެނުންނާ ގުޅޭ މައްސަލަތަކެވެ.

މީގެ އިތުރުންވެސް ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 3 މައްސަލައަކާއި، ޖިންސީ ހާނިއްކަކުރުމުގެ 3 މައްސަލައެއްގެ އިތުރުން ބްލެކްމެއިލް ކުރުމުގެ 3 މައްސަލައެއް ވުޒާރާއަށް ހުށައެޅިފައިވެއެވެ. އަދި ގަދަކަމުން ޖިންސީ ގޯނާކުރުމުގެ 1 މައްސަލައާއި، ކައިވެނީގެ ތެރޭގައި ކުރެވޭ ޖިންސީ ގޯނާ (މެރިޓަލް ރޭޕް) ގެ 1 މައްސަލައާއި، ފާރަލުމުގެ 1 މައްސަލަ އަދި މުދަލަށް ގެއްލުންދިނުމުގެ 1 މައްސަލަވެސް މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: