ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާއާއިއެކު ހެދި ފްރީޓްރޭޑް އެއްބަސްވުން ދެމިއޮތް ކަމަށް ބެލެވޭކަށް ނެތް، މަޖިލީޙުން އަވަހަށް ގޮތެއް ނިންމަން ޖެހޭ: ނަޝީދު

ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ޗައިނާއާއިއެކު ހަދާފައިވާ ފްރީޓްރޭޑް އެއްބަސްވުން ދެމިއޮތް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ނިންމައި 18 ވަނަ މަޖިލީޙުން ފާސ ކޮށް ޗައިނާއާއިއެކު ހަދާފައިވާ ފްރީޓްރޭޑް އެއްބަސްވުމުގެ ދަށުން ކުރަން ޖެހޭ އެއްވެސް ކަމެއް މިހާތަނަށް ކޮށްފައި ނުވާ ކަމަށާއި އެހެން ކަމުން އެ އެއްބަސްވުމަކީ މިހާރު ދެމި އޮތް އެއްބަސްވުމެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. 

ރައީސް ނަޝީދު ވިދާޅުވީ ޗައިނާއާއިއެކު ހަދާފައިވާ ފްރީޓްރޭޑް އެއްބަސްވުމާއި ގުޅޭ ގޮތުން މަޖލީހުން އަވަހަށް ގޮތެއް ނިންމަން ޖެހޭ ކަމަށާއި ނަމަވެސް އެކަމަކީ އަވަސްވެގެން ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. 

ޗައިނާއާއި ރާއްޖެއާއި އެކު ހަދާފައިވާ ފްރީޓްރޭޑް އެއްބަސްވުމާއި ގުޅޭ ގޮތުން މީގެކުރިން ވެސް ރައީސް ނަޝީދު ވަނީ މިފަދަ ގޮތަކަށް ވާހަކަފުޅު ދައްކަވާފައެވެ. އެއީ އެމަނިކުފާން އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ. 

އެގޮތުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސޮއި ކުރި، ރާއްޖެ – ޗައިނާ ފްރީ ޓްރޭޑް އެގްރީމެންޓަކީ އިންވެސޓްމެންޓެއްކަމަށް ޤަބޫލު ނުކުރައްވާ  ކަމަށް އެއީ ބޮޑު ދަރަންޏެއް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. 

ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ޗައިނާގެ ލޯނުތަކުގެ ސަބަބުން ދިވެހިން ދަރަނިވެރިވެފައިވާކަމަށެވެ. މީގެ އިތުރުން ޗައިނާއަށް ފާޑު ވިދާޅުވެ ވާހަކަދައްކަވަމުން ރާއްޖެ – ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ކުރިއަށް ނުގެންދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޗައިނާއާއެކު މިނިވަން ވިޔަފާރީގެ މަޝްވަރާތައް ފަށާފައިވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިންމާލީ ސެޕްޓެމްބަރު މަހު 15 އަދި 16 ގައި ޗައިނާގެ ބެއިޖިންގައި ކުރިއަށް ގެންދިޔަ ބައްދަލުވުންތަކަކަށް ފަހުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: