ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޭސް 2 ގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

ފޭސް 2އެއްގައި ރޯވި ކާރު - ފޮޓޯ: ސަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ފޭސް ދޭއްގެ ހީނާމާ ހިނގުމުގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޭ ދަންވަރު އަލިފާން ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެއްޖެއެވެ. މި ހާދިސާގައި ކައިރީގައި ހުރި އިތުރު ދެ ކާރަކަށް ވެސް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

ފުލުހުންގެ މީޑިއާއިން މައުލޫމާތު ދެއްވި ގޮތުގައި، ހީނާމާ ހިނގުމުގައި ޕާކުކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯވެގެން ރިޕޯޓުކޮށްފައިވަނީ 26 ނޮވެމްބަރު 2026 ވީ ބުރާސްފަތި ދުވަހުގެ ދަންވަރު 02:15 އެހައިކަންހާއިރުއެވެ.

މި ރިޕޯޓު ލިބުމާއެކު ފުލުހުންނާއި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ޓީމުތަކުން ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. އެގޮތުން، އަލިފާން ނިއްވާ ފަރާތްތަކުން ކުރި މަސައްކަތުން ދަންވަރު 02:26 ހާއިރު އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށް ވަނީ ނިއްވާލައިފައެވެ.

މި ހާދިސާގައި އަލިފާން ރޯވި ކާރު އެއްކޮށް އަނދައި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު، އެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް އިތުރު ދެ ކާރަކަށް ވެސް އަލިފާނުގެ އަސަރުކޮށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: