ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: ޕްރޮގްރާމްތައް ތަންފީޒުކުރުމާއިމެދު ކޮމިޓީތަކުގެ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށް އަރުއްވައިފި

މިއަދު ރައީސް އޮފީހުގައި ކުރިއަަށްދިޔަ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އާއި ގުޅިގެން ސަރުކާރުން ތަންފީޒުކުރުމަށް ނިންމާފައިވާ ކަންކަމާއިމެދު މަޖިލީހުގެ ކޮމިޓީތަކުން ފާހަގަޮށްފައިވާ ކަންކަން އެކުލެވޭ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާއަށް އަރުއްވައިފިއެވެ.

ކޮވިޑް-19 ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަމުންދާ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގަން ނިންމާފައިވާ ޕްރޮގްރާމްތައް ތަންފީޒުކުރުމާއިމެދު މަޖިލީހުން ދެކޭގޮތް ކަނޑައެޅުމަށް މަޖިލީހަށް ހުށައަޅަފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އަދި މައްސަލަ ކަމާބެހޭ ކޮމިޓީތަކުން ދިރާސާ ކުރުމަށްފަހު، މައްސަލއަާ ގުޅޭ ގޮތުން ކޮމިޓީތަކުން ފާހަގަކޮށްފައިވާ ހޯދުންތަކާއި ހުށައެޅުްނަތައް އެކުލެވޭ ރިޕޯޓެއްމަޖިލީޙުގެ ރައީސް ވަނީ ރައީސްުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ.

މަޖިލީހުގެ ކޮމިޓީތަކުގެ ހުށައެޅުންތަކުގައި މިވަގުތު ދިވެހިރާއްޖެއަށް މާލީ، އިގްތިސާދީ އަދި އިޖުތިމާއީގޮތުން ކުރިމަތިވެފައިވާ ދަތިތަކާއ ތަފްސީލާއި ދައުލަތުގެ އާމްދަނީ ހުރި މިންވަރާއިދައުލަތުގެ އާމްދަނީއަށް އަންނާނެ ބަދަލާއި ދައުލަތުގެ އާމްދަނީއަށް ވެގެންދާނެކަމަށް އަންދާޒާކުރެވޭ ގޮތްތަކާއި އެކަމުގެ ތަފްސީލް ހިމަނާފަިވެއެވެ. މިގެ އިތުރަށް، ވަޒީފާ އަދާކުރާ މީހުންގެ ތެރެއިން ވަޒީފާ ގެއްލޭނެކަމަށް އަންދާޒާކުރެވޭ މިންވަރާއި، މީހުންނާއި، އެކަމުގެ ސަބަބުން ކުރިމަތިވާނެ އިޖްތިމާއީ މައްސަލަތަކާއި ބޯހިޔާވަހިކަން ގެއްލޭނެ މިންވަރާއި އެކަމުގެ ތަފްސީލް ހިމަނާފައިވެއެވެ. އަދި، މާލެއާއި އެހެން ރަށްރަށުގައި ބަންދުވެފައިތިބި މިހުންނާއި ވަޒީފާ ގެއްލޭމީހުންނާއި، ބޯހިޔާވަހިކަން ގެއްލޭ މީހުންނަށް އެހީވެދޭނެގޮތުގެ ލަފާވެސް ހިމަނާފައިވެއެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދިޔަ ބައްދަލުވުމުގައި މަޖިލީހުުގެ ރައީސާއި މެމްބަރުން ކުރެއްވި މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. މިބައްދަލުވުމުގައި މަޖިލީހުގެ ރައީސްގެ އިތުރަށް އަމީން އާންމު، މަޖިލީހުގެ ކައުންސިލް ޖެނެރަލް އަދި މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިޔުރޯ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: