ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިމާލޭ ގެއެއްގެ ފާހަނަ ތެރޭގައި މީހަކު ވިހައިފި

ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލޭ ގެއެއްގެ ފާހަނަ ތެރޭގައި ކައިވެނީގެ ބޭރުން އަންހެނަކު ވިހެއި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. މި ހާދިސާގައި އެ އަންހެންމީހާ އެއްމާބަނޑު ދެ ފިރިހެން ކުދިން ވިހާފައިވާއިރު، އޭގެ ތެރެއިން އެއް ކުއްޖަކު ވަނީ ނިޔާވެފައެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، ވިލިމާލޭ ގެއެއްގެ ފާހަނާގައި ކައިވެނީގެ ބޭރުން އަންހެނަކު ވިހާފައިވާ ކަމުގެ މައްސަލަ ވިލިމާލެ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2026 ނޮވެމްބަރު 23 ވަނަ ދުވަހުގެ ރޭ 21:07 އެހައިކަންހާއިރުއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، އުމުރުން 37 އަހަރުގެ ދިވެހި އަންހެނަކު، އޭނާ ދިރިއުޅޭ ގޭގެ ފާހަނަ ތެރެއަށް ވިހާފައިވާ ކަމުގެ މައުލޫމާތު އޭނާ އަމިއްލައަށް ވިލިމާލެ ހޮސްޕިޓަލަށް ގުޅައި ހިއްސާކޮށްފައިވާ ކަމަށެވެ. އެ ފޯން ކޯލާ ގުޅިގެން ހޮސްޕިޓަލުގެ ޑޮކްޓަރަކާއި ނަރުހަކު އެ ގެއަށް ގޮސް، މަންމައާއި އަލަށް އުފަންވި ތުއްތު ކުއްޖާ އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން، އެ އަންހެންމީހާ ހޮސްޕިޓަލަށް ގެންގޮސް ބެލި ބެލުމުން އޭނާގެ ބަނޑުގައި އިތުރު ކުއްޖަކު އޮތްކަން އެނގިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. އަދި އޭގެ ފަހުން އެ ކުއްޖާ ވިއްސި ނަމަވެސް، ވިހެއި އިރުވެސް އެ ކުއްޖާ އޮތީ ނިޔާވެފައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގައި ވިހާފައިވާ އެއްމާބަނޑު ދެ ކުދިންނަކީވެސް ފިރިހެން ދެ ކުދިން ކަމަށާއި، ފުރަތަމަ ވިހެއި ކުއްޖާގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: