ބިދޭސީއަކަށް މަގުމަތިން ފެނުނު 100,000 ރުފިޔާ، އޭގެ ވެރިފަރާތައް ރައްދުކޮށްދީފިއެވެ.
މިކަން ހާމަކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނީ، ވޭތުވެދިޔަ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، އައްޑޫ ސިޓީގެ ހިތަދޫގެ މަގެއްގެ މަތިން ބިދޭސީއަކަށް ފެނިފައިވާ 100,000 ރުފިޔާ، ހަމަ އެދުވަހު ހިތަދޫ ޕޮލިސް ސްޓޭޝަނާއި ހަވާލުކޮށްފައިވާކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ، އެ ފައިސާގެ ވެރި ފަރާތް ހޯދުމަށްފަހު، ހަމަ އެ ދުވަހުގެ މެންދުރުފަހު 13:35 ހާއިރު، ވެރިފަރާތާއި ފައިސާ ހަވާލުކޮށްފައިވާކަމަށެވެ.
މިކަމާއި ގުޅިގެން، ހިތަދޫ ޕޮލިސް ސްޓޭޝަނުންވަނީ، އެ ސްޓޭޝަނާއި ފައިސާ ހަވާލުކުރި ބިދޭސީ މީހާއަށް ޝުކުރުއަދާކޮށްފައެވެ.

