ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޮކްޑައުންގެ މުއްދަތުގައި ކުށްކުރުން މަދުކަމަށް ސީޕީ ވިދާޅުވެއްޖެ

ފޮޓޯ:ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާއި ގުޅިގެން، މާލޭ ސިޓީ ލޮކްޑައުންކޮށްފައިވާ މި ދަނޑިވަޅުގައި، ކުށްކުރުން މަދުކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

މި ކަން ހާމަކޮށް ސީޕީ މުޙައްމަދު ޙަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19 އިގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމަށާއި، ފުލުހުންގެ ޤާނޫނީ މަސްއޫލިއްޔަތު އަދާކުރުމުގައި ކަންކަން މެނޭޖުކުރުމުގައި ފުލުހުން ޢަމަލުކުރައްވާފައިވާ ގޮތާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

މި ގޮތުން ސީޕީ ޙަމީދު ވަނީ ފުލުހުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ކުށްކުރާ މިންވަރު މަދުކަމަށް ފާހަގަކުރައްވާ ސީޕީ ކުރެއްވި ޓްވީޓުގައި ހިމަނުއްވާފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން، ލޮކްޑައުން އިއުލާނުކުރި އޭޕްރީލްމަހުގައި، 6,058 މީހަކު ހުއްޓުވާ ސުވާލުކުރެވިފައިވެއެވެ.

އަދި މެއި މަހުގައި 45,504 މީހަކު ހުއްޓުވާ ސުވާލުކުރެވުނުކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

https://twitter.com/M_Hameedh/status/1269863340118913024?s=19

މީގެ އިތުރުން، ލޮކްޑައުންގެ މުއްދަތުގައި، އޭރިއާތައް ޗެކްކުރުމުގައި، އޭޕްރީލްމަހު 35,688 ފަހަރު ސަރަހައްދުތައް ޗެކްކޮށްފައިވާއިރު، މެއި މަހުގެތެރޭގައި، 86,118 ފަހަރު ޗެކްކޮށްފައިވެއެވެ.

ހަމައެހެންމެ ލޮކްޑައުންގައި އޭޕްރީލްމަހު 219 ޕަރމިޓެއް ޗެކްކޮށްފައިވާކަމަށާއި، މެއިމަހުގެ ތެރޭގައި، 20,508 ޕަރމިޓެއް ޗެކްކޮށްފައިވާކަމަށް ތަފާސް ހިސާބުތައް ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: