ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކިންގްސްޓަން މައްސަލަ: ކުންފުނީގެ އެމްޑީ އާތިފްގެ މައްޗަށް 139 ދައުވާއެއް ކުރުމަށް ކްރިމިނަލް ކޯޓަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

އަގުހެޔޮކޮށް ސައިކަލު ވިއްކާކަމަށްބުނެ އޮޅުވާލައިގެން ގިނަ ބައެއް އަތުން ފައިސާ ނެގުމަށްފަހު، އެ ފައިސާ ޓަކައިގަނެފައިވާ މައްސަލާގައި ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ޢާޠިފް ޙަސަންގެ މައްޗަށް 139 ދައުވާއެއް ކުރުމަށް ކްރިމިނަލް ކޯޓަށް ހުށައަޅައިފިއެވެ.

ޕީޖީން ބުނެފައިވަނީ 2023 ވަނަ އަހަރުން ފެށިގެން ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އަގުހެޔޮކޮށް ސައިކަލު ވިއްކާކަމަށްބުނެ އޮޅުވާލައިގެން ގިނަ ބައެއް އަތުން ފައިސާ ނެގުމަށްފަހު، އެ ފައިސާ ޓަކައިގަނެފައިވާ މައްސަލާގައި ދަޢުވާތައްކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ.

އެގޮތުން ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ، ދ. ބަނޑިދޫ، ޕޯލާރގްރޭސް، އަޙްމަދު ޢާޠިފް ޙަސަންގެ މައްޗަށް ކުރެވެނީ  ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު (ޤާނޫނު ނަންބަރު: 9/2014) ގެ 212 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި 3 ވަނަ ނަންބަރާ ޙަވާލާދީ، 210 ވަނަ މާއްދާގެ (ށ) ގެ ދަށުން ޓެކުމުގެ ކުށުގެ 139 ދަޢުވާކެވެ.

އަޙްމަދު ޢާޠިފް ޙަސަންގެ މައްޗަށް ދައުވާ އުފުލާ ސަބަބަކީ ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުރެ، އެ ކުންފުނި މެދުވެރިކޮށް އަގުހެޔޮކޮށް ސައިކަލު ވިއްކާކަމަށް ދައްކުވައިގެން އެކި މީހުން އަތުން ފައިސާ ނަގައި، ސައިކަލު ފޯރުކޮށްދިނުމަށްޓަކައި މަސައްކަތްނުކޮށް އެ ފައިސާއިން އިތުރު ތަޞައްރުފުކޮށް، ސައިކަލު ދީފައިނުވާތީއާއި ފައިސާވެސް އަނބުރާ ރައްދުކޮށްފައިނުވާތީ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.

މި ދަޢުވާތަށް ސާބިތުވާ ޙާލަތުގައި އަޙްމަދު ޢާޠިފް ޙަސަންގެ މައްޗަށް މަދުވެގެން 133 އަހަރާއި، 4 މަހާއި، 24 ދުވަހުގެ ޖަލު އަދަބު ކަނޑައެޅޭނެ ކަމަށް ޕީޖީން ބުނެފައިވެއެވެ.

މި ދަޢުވާތަކާ ގުޅިގެން ބަދަލުލިބޭ ވަކިވަކި މީހުންނަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 6,250,420.12ރ (ހަ މިލިއަން ދެ ލައްކަ ފަންސާސް ހާސް ހަތަރު ސަތޭކަ ވިހި ރުފިޔާ ބާރަ ލާރި) އަޙްމަދު ޢާޠިފް ޙަސަން އަތުން ނަގައިދިނުމަށް އެދިފައިވާނެ ކަމަށްވެސް އެ އޮފީހުން ވަނީ ބުނެފައެވެ.

މި ދަޢުވާތައް ހުށަހަޅާފައިވާނީ، ސައިކަލު ވިއްކުމަށް ފައިސާ ދެއްކި ވަކިވަކި މީހުންގެ ބައިގައި ވަކިން ކަމަށާއި އެހެންކަމުން މި ދަޢުވާތަށް ސާބިތުވާ ޙާލަތުގައި 139 ދަޢުވާއަށް، ކޮންމެ ދަޢުވާއަކަށް ވަކިން އަދަބު ކަނޑައެޅޭނެ ކަމަށް ޕީޖީން ބުނެފައިވެއެވެ.

މީގެއިތުރުން މި މައްސަލާގައި ބަދަލުލިބޭ އިތުރު 11 މީހެއްގެ ބައި އިތުރަށް ތަޙުޤީޤުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ލަފާދީފައިވާނެ ކަމަށާއި އެ ބައިތަކުގެ ތަޙުޤީޤު ނިމުމުން އެ ބައިތަކުގައި ދަޢުވާކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: