ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯ ކޮންސްޓްރަކްޝަން ވެއާހައުސްއަށް ގޮސް ޚިދުމަތްތައް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

ފޮޓޯ:އެސްޓީއޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯ ކޮންސްޓްރަކްޝަން ވެއާހައުސްގެ ޚިދުމަތް ލިބިގަތުމަށް ބޭނުންވާ ކަސްޓަމަރުންނަށް، އެ ތަނަށް ގޮސްގެން ޚިދުމަތް ލިބިގަތުމުގެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް އެސްޓީއޯއިން ބުނެފިއެވެ.

މި ކަން ހާމަކޮށް، އެސްޓީއޯއިން ކުރި ޓްވީޓެއްގައި ބުނީ، އެސްޓީއޯ ކޮންސްޓްރަކްޝަން ވެއާހައުސްގެ ޚިދުމަތް ލިބިގަތުމަށް ބޭނުންވާ ކަސްޓަމަރުންނަށް، އެ ތަނަށް ގޮސްގެން ޚިދުމަތް ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށާއި، މި ގޮތުން ހުކުރު ދުވަސް ފިޔަވައި ހަފްތާގެ ކޮންމެ ދުވަހަކުވެސް އެ ތަނުން ޚިދުމަތް ފޯރުކޮށްދޭނެކަމަށެވެ.

މި ގޮތުން، އަމީނީ މަގުގައި ހުންނަ ޓްރެފިކް ޕޮލިސްގެ އިދާރާއާއި ޖެހިގެން ހުންނަ، އެސްޓީއޯ ކޮންސްޓްރަކްޝަން ވެއާހައުސްއިން ޚިދުމަތްދިނުމަށް ހަމަޖެހިފައިވަނީ، ހެނދުނު 09:00 އިން ފެށިގެން، ހަވީރު 16:00 އަށްކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަން ވެއާހައުސްއިން ޚިދުމަތް ހޯދަން ދާ ދިއުމުގައި، އެންމެންގެ ވެސް ރައްކާތެރިކަމަށްޓަކައި، މާސްކު އަޅައިގެން ދިއުމަށް އެސްޓީއޯއިން އިލްތިމާސްކުރެއެވެ.

މީގެ އިތުރުން، ޚިދުމަތް ހޯދުމަށްޓަކައި، ވެއާހައުސްއަށް ވަދެވޭނީ، ފަހަރަކު މީހަކަށްކަމަށް ވެސް އެސްޓީއޯއިން ހާމަކުރެއެވެ.

https://twitter.com/stoplc/status/1269979315623485442?s=19

އެސްޓީއޯއިން ހާމަކުރި ގޮތުގައި، ޑެލިވަރީގެ ޚިދުމަތްތައް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. އެ ގޮތުން، 7478585 މި ނަންބަރު މެދުވެރިކޮށް ހުކުރު ދުވަސް ފިޔަވައި ކޮންމެދުވަހެއްގެ ހެނދުނު 09:00 އިން ފެށިގެން، ހަވީރު 04:00 ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދޭނެކަމަށް، އެސްޓީއޯއިން ބުނެއެވެ.

މާލޭސިޓީ ލޮކްޑައުންކޮށްފައިވުމުގެ ސަބަބުން ވަގުތީގޮތުން ބަންދުކޮށްފައިވާ އެސްޓީއޯގެ ހޯލްސޭލް ސެންޓަރާއި، ސްޕަރމާޓް ވެސް ވަނީ މި ހުސްވި މަހުގެ 31 ވަނަ ދުވަހުގައި އަލުން ހުޅުވާލައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: