ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫ ދެކުނު އަވަށުގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ހެދުމުގެ މަސައްކަތްތައް އެމްޓީސީސީން ނިންމާާލައިފި

ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ތިނަދޫ ދެކުނު އަވަށުގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ހެދުމުގެ މަސައްކަތްތައް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ފާއިތުވެދިޔަ ހޯމަދުވަހު ތިނަދޫ ދެކުނު އަވަށުގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ހެދުމުގެ މަސައްކަތްތައް ނިންމާފައިވާކަމަށެވެ.

ޔޫތު މިނިސްޓްރީން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ، އެ މިނިސްޓްރީން ދެއްވާފައިވާ ސްޕެސިފިކޭޝަންތަކާއި، މިންގަނޑުތަކާ އެއްގޮތަށްކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަސައްކަތް ކުރިއަށް ގެންދެވުމުގައި، ސައިޓް ސުޕަވައިޒަރުންނާއި، މަސައްކަތްތެރިންގެ ވާހަކަ ފާހަގަކޮށް އެމްޓީސީސީންވަނީ އެ މުވައްޒަފުންނަށް ޝުކުރުއަދާކޮށްފައެވެ.

މި ގޮތުން އެމްޓީސީސީން ހާމަކުރިގޮތުގައި،  ކޮވިޑް-19 އާއި ގުޅިގެން ދިމާވާ ލޮޖިސްޓިކަލް މައްސަލަތައް ހައްލުކޮށް، ޕްރިކޯޝަނަރީ ފިޔަވަޅުތަކާއިއެކު މި މަސައްކަތް ކުރިޔަށް ގެންދިއުމަށް، ސައިޓް ސުޕަވައިޒަރުންނާއި  މަސައްކަތްތެރިން ވަނީ ޚާއްސަ ސަމާލުކަމެއްދީގެން މަސައްކަތް ކޮށްފައިވާކަން ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: