ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޮކްޑައުންގެ މުއްދަތުގައި ބަންދާމެދު ގޮތެއް ނިންމުމަށް 940 އަޑުއެހުން ބާއްވާފައިވާނެ: ކްރިމިނަލް ކޯޓް

ފޮޓޯ:ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސިޓީ ލޮކްޑައުން ކުރިފަހުން، 09 ޖޫންގެ ނިޔަލަށް، ބަންދާއި މެދު ގޮތެއްނިންމުމަށް މާލޭ  940 އަޑުއެހުން ބާއްވާފައިވާކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

މި ކަން ހާމަކޮށް، ކްރިމިނަލް ކޯޓުން އޭޕްރީލް 15 އިން، 09 ޖޫންގެ ނިޔަލަށް ދީފައިވާ ޚިދުމަތްތަކުގެ ތަފާސް ހިސާބުތަކުގައި ވާގޮތުން، ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި 940 އަޑުއެހުމުގެ އިތުރުން،  ޝަރީޢަތުގެ 34 އަޑުއެހުމެއް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ގޮތުން ހިންގުނު ޝަރީޢަތްތަކުގައި، 09 މީހަކަށް ހުކުމްކޮށްފައިވާކަމަށް ވެސް ކްރިމިނަލް ކޯޓުން ބުނެއެވެ.

ކްރިމިނަލް ކޯޓުން ބުނީ، ރެޑް އެލާރޓްގައި ކޯޓަށް މީހުން ހާޒިރުނުކުރަން ނިންމާފައިވާތީ، ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލިސްތަކާއި، ޝަރީޢަތުގެ އަޑުއެހުންތައް ކުރިއަށްގެންދަނީ ތުހުމަތުކުރެވޭ މީހާއާއި ދެފަރާތުގެ ވަކީލުންނާއި އަޑުއެހުމުގައި ބައިވެރިވާންޖެހޭ، އެހެނިހެން ފަރާތްތައްވެސް ވީޑިއޯ ކޮންފަރެންސްގެ ޒަރީޢާއިން އަޑުއެހުމުގައި ބައިވެރިކޮށްގެން ކަމަށެވެ.

މީގެ އިތުރުން،  ޝަރީޢަތް ކުރިއަށް ގެންދަނީ މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ތިިބި މީހުން، މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްގެންކަމަށާއި، ކޯޓަށް މީހުން ހާޒިރު ނުކުރެވޭތީ މާލޭ ޖަލުގައި ތިބި މީހުންގެ ޝަރީޢަތްތައް ކުރިއަށް ނުގެންދެވޭކަމަށް ވެސް ކްރިމިނަލް ކޯޓުން ބުނެފައިވެއެވެ.

މި މުއްދަތުގެ ތެރޭގައި 08 ބަންދު ޢަމުރު މުރާޖަޢާކޮށްދެވިފައިވާކަމަށާއި، ތަޙްޤީޤުކުރާ އިދާރާތަކުން އެދިގެން ނެރެފައިވާ އެހެންކޯޓުތަކުގެ އަމުރު 97 އަރާކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.

މީގެ އިތުރުން، 115 މައްސަލައަކަށް ދަޢުވާކުރުމަށްޓަކައި، 97 ފޯމު ހުށަހަޅާފައިވާކަމަށާއި، 115 ޤަޟިއްޔާއެއް ބަލައިގެންފައިވާކަމަށް ވެސް ކްރިމިނަލް ކޯޓުން ބުނެއެވެ.

ކްރިމިނަލް ކޯޓުން ބުނީ، 142 ގަޑިއިރާއި 35 މިނެޓުގެ ރެކޯޑިންގ ލިޔެފައިވާކަމަށެވެ. އަދި 116 ފަރާތެއްގެ ކުށުގެ ރެކޯޑު ސާފުކޮށްދީފައިވާއިރު، ޤަޟިއްޔާ ނިމުނުގޮތުގެ 10 ރިޕޯޓެއް ދޫކޮށްފައިވާކަމަށް ވެސް ކްރިމިނަލް ކޯޓުން ބުނެއެވެ.

މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތްކުރެވޭ ގޮތް ހަދައިދީގެން، ޝަރީޢަތް ހިންގުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތަކާއި، ކޯޓުގެ އެހެނިހެން އިދާރީ މަސައްކަތްތަކާއި، ރެކޯޑިންތައް ލިޔުމުގެ މަސައްކަތްތަކާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުތައް ހެދުމުގެ މަސައްކަތްތަކާއި، ކުށުގެ ރެކޯޑް ސާފުކޮށްދިނުމުގެ މަސައްކަތްތަކާއި، ރެޖިސްޓްރޭޝަންގެ މަސައްކަތްތައް މުވައްޒަފުން އަންނަނީ ގޭގައި ތިބެ ކުރަމުން އަންނަކަމަށް ވެސް ކްރިމިނަލް ކޯޓުން ބުނެއެވެ.

ހަމައެއާއެކު ކޯޓަށް ހުށަހަޅަންޖެހޭ ހުރިހައި ލިޔެކިޔުމެއް ހުށަހެޅެމުންދަނީ އިލެކްޓްރޯނިކްކޮށް ކަމަށާއި، ކޯޓުން އެހެން ފަރާތްތަކަށް ފޮނުވާ ލިޔެކިޔުންތައް ވެސް ފޮނުވަނީ އިލެކްޓްރޯނިކްކޮށްކަމަށް ކްރިމިނަލް ކޯޓުން ހާމަކުރެއެވެ.

ކްރިމިނަލް ކޯޓުން، މި ހުރިހައި ޚިދުމަތްތަކެއް ފޯރުކޮށްދީފައިވާއިރު، އެ ކޯޓުން ބުނީ، އެ ކޯޓުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އެކަމަށް ބޭނުންވާ ވީހާވެސް މަދު މުވައްޒަފުން ނެރެގެންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: