ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯ ފަރމްތަކާއި، ލީގަލް ޕްރެކްޓިސްތައް، ބާ ކައުންސިލްގައި ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި

ބާ ކައުންސިލްގެ މެމްބަރުން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ ބައްދަލުވުމެއްގައި: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޤާނޫނީ ޚިދުމަތް ދިނުމަށްޓަކައި ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގަމުންގެންދާ ހުރިހާ ލޯ ފަރމްތަކާއި، ލީގަލް ޕްރެކްޓިސްތައް، 15 ބާ ކައުންސިލުގައި ދަފުތަރު ކުރުމަށް ހުށަހަޅަން ޖެހޭ މުއްދަތު އިތރުު ކުރުމަށް ބާކައުންސިލުން ނިންމައިފިއެވެ. 

ޤާނޫނީ ޚިދުމަތް ދިނުމަށްޓަކައި ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގަމުންގެންދާ ހުރިހާ ލޯ ފަރމްތަކާއި، ލީގަލް ޕްރެކްޓިސްތައް، 15 ޖޫން 2020 ގެ ކުރިން، ބާ ކައުންސިލުގައި ދަފުތަރު ކުރުމަށް ހުށަހަޅަން ޖެހޭނެއެވެ. ނަމަވެސް  ލޯ ފަރމްއާއި ލީގަލް ޕްރެކްޓިސް ދަފުތަރު ކުރުމާ ބެހޭ ގަވާއިދަށް ބާ ކައުންސިލުން ގެނައި އިސްލާހުގެ ދަށުން އެ މުއްދަތު ވަނީ ސެޕްޓެންބަރު މަހުގެ 15 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްދީފައެވެ. 

ބާ ކައުންސިލުން އެކުލަވާލި ގަވާއިދުގައި ބުނެފައިވާ ގޮތުގައި  ޤާނޫނީ ވަކީލުންގެ ތެރެއިން ދެ މީހަކު، ނުވަތަ އެއަށްވުރެ ގިނަ ބަޔަކު ގުޅިގެން ޤާނޫނީ ޚިދުމަތް ދޭން އެދޭނަމަ، އެފަދަ ޚިދުމަތްތައް ދޭންވާނީ އެ ޤާނޫނީ ވަކީލުން އުފައްދާ ޕާޓްނަރޝިޕަކުންނެވެ. އަދި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޕާޓްނަރޝިޕްތަކުގެ %80 (އަށްޑިހަ އިންސައްތަ) ހިއްސާ މިލްކުވާންވާނީ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ޤާނޫނީ ވަކީލުންނަށް ކަމަށް ގަވާއިދުގައި ވަނީ ބުނެފައެވެ. 

ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ދަފުތަރު ކުރުމަށް ހުށަހަޅާ ލޯ ފަރމްތަކުގެ ޝަރުޠުތައް ފުރިހަމަވާނަމަ، ދަ ފުތަރުކުރުމަށް ހުށަހަޅާ ތާރީޚުން ފެށިގެން ތިން ދުވަހުގެ ތެރޭގައި، ޤާނޫނީ ޚިދުމަތް ދިނުމަށް ހުއްދަ ލިބިފައިވާ ލޯ ފަރމްތަކުގެ ދަފުތަރުގައި، އެ ލޯ ފަރމް ހިމަނައި އެ ފޯމް ހުށަހެޅި ފަރާތަކަށް އެކަން އަންގަންވާނެ ކަމަށް ގަވާއިދުގައި ވަނީ ބުނެފައެވެ. އަދި އެ ފަރާތެއްގެ ޝަރުޠު ފުރިހަމަ ނުވާނަމަ، ސަބަބު ބަޔާންކޮށް އެކަންވެސް ތިން ދުވަހުގެ ތެރޭގައި އެ ފަރާތަކަށް އަންގަން ޖެހޭނެއެވެ. 

ބާ ކައުންސިލުން އެކުލަވާލި ގަވާއިދުގައި ބުނެފައިވާ ގޮތުގައި  ޤާނޫނީ ވަކީލަކު މަސައްކަތްކުރަން އެދެނީ ފަރުދީގޮތުން ކަމަށް ވާނަމަ، އެ ފަރާތަކުން އެކަން ކުރަންވާނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ގެ ދަށުން އަމިއްލަ ވިޔަފާރިއެއް ރަޖިސްޓަރީކޮށްގެންނެވެ.

މީގެއިތުރުން ބާ ކައުންސިލުން އެކުލަވާލި ގަވާއިދުގައި ބުނެފައިވާ ގޮތުގައި  ދިވެހިރާއްޖޭގައި ޤާނޫނީ ޚިދުމަތް ދިނުމުގެ ހުއްދަ ލިބިފައިވާ ލީގަލް ޕްރެކްޓިސްތަކުގެ ދަފުތަރުގައި ހިމަނައިދިނުމަށް އެދި ހުށަހަޅާ ލީގަލް ޕްރެކްޓިސްއަކީ  އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ގެ ދަށުން ދިވެހިރާއްޖޭގައި ޤާނޫނީ ޚިދުމަތް ދިނުމުގެ ހުއްދަ ލިބިފައިވާ ޤާނޫނީ ވަކީލެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ އަމިއްލަ ވިޔަފާރިއަކަށްވާނަމަ، އެ ލީގަލް ޕްރެކްޓިސް، ބާ ކައުންސިލުގައި ދަފުތަރު ކޮށްދޭން ވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: