ހޯރަފުށީގައި ތަރައްގީކުރަމުންދާ އެއާޕޯޓުގެ މަސައްކަތް މިއަހަރުގެ ސެޕްޓަމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީއިން ބުނީ ހއ. ހޯރަފުށީގައި ތަރައްގީކުރަމުންދާ އެއާޕޯޓުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދަ ކަމަށެވެ. އެއާޕޯޓުގެ 83 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް އެމްޓީސީސީއިން މައުލޫމާތުދެއެވެ.
ހޯރަފުށީ އެއާޕޯޓު ތަރއްގީކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ދެން އެންމެ އަވަހަށް ފަށާނީ ތާރު އެޅުމުގެ މަސައްކަތް ކަމަށެވެ. ތާރު އެޅުމަށް ބޭނުންވާ ސާމާނު ހޯރަފުށްޓަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.
ހޯރަފުށި އެއާޕޯޓު ނިނގެންދާއިރު 1200 މީޓަރުގެ ރަންވޭއަކާއި، 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭ އަކާއި، ސާވިސް ޜޯޑުގެ އިތުރަށް 9،473 އަކަމީޓަރުގެ ޕާކިންގ އޭރިޔާއެއްގެ އިތުރަށް 720 މީޓަރުގެ އެއާޕޯޓު ސެކިޔުރިޓީއާއި ބީޗް ފެންސް އޭރިޔާއެއް ތަރައްގީކުރެވޭނެއެވެ.
އެއާޕޯޓި ހެދުމަށް ބިން ހިއްކުމުގެ މަސައްކަތްކޮށް ނިންމާލާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އަދި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް މިއަހަރުގެ މާޗް މަހުގެ ތެރޭގައި ވަނީ ނިންމާލާފައެވެ.
ހޯރަފުށީގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީކުރުމަށް މިޕްރޮޖެކްޓް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ.