ރާއްޖޭގައި ކޮވިޑަށް ޓެސްޓު ކުރި މީހުންގެ ތެރެެއިން ވެތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލި ޖެހިފައި ހުރި 14 މީހަކު ފެނިފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ރިޕޯޓުކޮށްފިއެވެ.
ބައްޔަށް ޕޮޒިޓިވް ވި މީހުންގެ މައުލޫމާތުތައް ހާމަކޮށް އެޗްޕީއޭއިން ބުނެފައިވަނީ މިއަދު ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ 05 ދިވެހިންނާއި، ބަންގްލަދޭޝްގެ 08 މީހަކާއި، ސްރީލަންކާގެ ރައްޔިތެއް ކަމަށެވެ. އަދި މި އަދަދާއި އެކު ރާއްޖޭގައި ބެލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު 1،976 އަށް އަރައެވެ.
ބައްޔަށް ޓެސްޓު ކުރުމުގެ ގޮތުން މިހާތަނަށް 33،018 ސާމްޕަލްއެއް ވަނީ ނަގާފައެވެ.
މިވަގުތު ކޮވިޑަށް ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 813 އެވެ. އެހެން ކަމުން ބަލީން ރަނގަޅުވީ މީހުންގެ ޖުމްލަ އަދަދަކީ 1،153 އެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 796 މީހެއް ތިބިއިރު، ކަރަންޓީން ފެސިލިޓީތަކުގައި 306 މީހެއް އެބަތިއްބެވެ.

