ފޭސް 2 ގެ ލުއިތައް ތަންފީޒު ކުރަން ފެށުމުގެ ގޮތުން މާލެ ސަރަހައްދުގެ ފުރަބަންދުގެ މުއްދަތު ތިން ދުވަހުގެ މުއްދަތަށް އިތުރުކޮށްފިއެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވި އެންގުމުގައިވާ ގޮތުން، މޭއި މަހުގެ 28 ގައި ދިން ލުއިތަކާއި އެކު، މާލޭގައި ކޮވިޑު ފެތުރުމުގެ ހާލަތަށް އައިސްފައިވާ ބަދަލަށް ރިއާޔަތްކޮށް މާލެ ސަރަހައްދުގެ ފުރަބަންދު އަންނަ ހަފްތާގެ އާދިއްތަ ދުވަހާއި ހަމައަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އަދި އަންނަ ހޯމަ ދުވަހުން ފެށިގެން ލުއިތައް ދޭން ރާވާފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.
ފޭސް އެކެއްގައި ދީފައިވާ ދީފައިވާ ބައެއް ލުއިތައް:
– ޒަރޫރީ ބޭނުމަށް ބޭރުގައި އުޅުމަށް ދޫކުރާ ހުއްދަތައް އިތުރުކުރުން.
– އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ކޮންމެ ދުވަހެއްގެ ފަތިހު 5 ން ހެނދުނު 8 އަށް ބޭރުތެރޭގައި އުޅުމުގެ ފުރުސަތު ދިނުން.
– ޓެކްސީތަކަށް ހުއްދަ ދިނުން.
– މާލެ އާއި ތިލަފުއްޓާ ދެމެދު މުދާ އުފުލުމަށް ހުއްދަ ދިނުން.
– ސިނާއީ މަސައްކަތްކުރާ މީހުން އެ ތަންތަނަށް ދިއުމާއި އެނބުރި ގެ އަށް ދިއުން.
– އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާ ގޮތަކަށް އަމިއްލަ އޮފީސްތަކާއި ފިހާރަތައް ހުޅުވުން.
– ކޮންސްޓްރަކްޝަން މަސައްކަތްތައް ހުޅުވައިލުން.
– ބޭންކުގެ ޚިދުމަތް އިތުރުކުރުން.
– ސިއްހީ ޚިދުމަތާއި އެހެނިހެން އާންމު ޚިދުމަތްތައް އިތުރު ކުރުން.

