ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަށްތަކަށް ދަތުރު ކުރުމުގައި ދެން ހުރަހެއް ނޯންނާނެ، ޑޮމެސްޓިކް ދަތުރުތައް ވެސް ފަށަނީ!

ރަށްތަކަށް ދަތުރު ކުރުމުގައި ދެން ހުރަހެއް ނޯންނާނެ، ޑޮމެސްޓިކް ދަތުރުތައް ވެސް ފަށަނީ - ފޮޓޯ/ ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްވެސް ހުއްދައެއް ނެތި މާލެ ފިޔަވައި އެހެން ރަށްރަށުގައި އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމުގެ ހުއްދަ ދޭން ސަރުކާރުން ނިންމައިފިއެވެ.

އާ ލުއިތަކާއި އެކު އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމުގައި ދެން ހުއްދަތައް ހޯދަން ނުޖެހޭނެއެވެ. ލޮކްޑައުންގެ ލުއިތައް ހާމަކުރުމަށް ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓްރީގެ އެސިސްޓެންޓު ޑިރެކްޓާރ އާމިނަތު ޝައިނާ އަބްދުﷲ ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި ރަށްތަކަށް ދަތުރު ކުރުމުގައި ހުއްދަތައް ހޯދަން ނުޖެހޭނެ ކަމަށެވެ.

ޝައިނާ ވިދާޅުވީ ރެސްޓިރިކްޝަންތަކެއް ހުންނާނީ މާލެއިން ރަށަކަށް ދާ މީހެއް ކަމުގައި ވާނަމަ ކަމަށެވެ. އަދި އެ މީހަކަށް މާލެއިން އިތުރު ރަށަކަށް ދެވޭނީ ފުރިހަމަ ކުރަންޖެހޭ އުސޫލުތައް ފުރިހަމަ ކުރުމަށްފަހު ކަމަށް ވިދާޅުވިއެވެ.

މާލެއިން ދަތުރު ކުރާނަމަ ފުލުހުންނާއި، އެ ރަށެއްގެ ކައުންސިލް އިދާރާ މެދުވެރިކޮށް ހުއްދަތައް ދޫކުރަން ޖެހޭނެއެވެ.

އެއާއި އެކު ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓުތައް ހުޅުވުމަށް ހުއްދަތައް ދޫކުރުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ނޫސްވެރިންގެ ބައްދަލުވުމަށްފަހު މީޑިއާތަކާއި ވާހަކަ ދައްކަވަމުން އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީސް ވިދާޅުވީ ޑޮމެސްޓިކް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 އިން ފެށިގެން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: