ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ އައު ބިލުން މުއްސަސާ ސިޔާސީ ވުމުގެ ބިރުބޮޑު: ޑރ ޖަމީލް

ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލަށް ބަލާއިރު އެ ބިލް ގާނޫނަކަށް ވެގެން އަންނަ އިރު ފުލުހުންގެ މުއައްސަސާ ސިޔާސީ ވުމުގެ ބިރު ބޮޑު ކަމަށް ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ. 

ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ފުލުހުންގެ ބިލާއި ބެހޭ ގޮތުން ޑރ ޖަމީލް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ  ފުލުހުންގެ ޤާނޫން އަލުން އެކުލަވާލަން ޖެހުނީ ކޮން ބޮޑު މައްސަލައެއް އޮވެގެން ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އެގޮތުން ފުލުހުންގެ ގާނޫނުގައި  ގޯސް ވަކި ކަމެއް އުޅޭނަމަ އިޞްލާޙް ހުށަހަޅައިގެން ހައްލު ހޯދޭނެ ކަމަށާއި ނަމަވެސް  މިހާރު މަޖިލީހުގައި އޮތް ބިލުގެ ސަބަބުން ފުލުހުންގެ މަސައްކަތަށް އިތުރު ލޭޔަތައް ލެވި، މިނިވަންކަން ގެއްލި، ސިޔާސީ ވުމުގެ ބިރުބޮޑުކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ. 

މީގެކުރިން ހޯމް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޑރ ޖަމީލް ވިދާޅުވީ  މައްސަލަތައް ހައްލުވާނީ މުސާރަ،ގެދޮރުވެރިކަން ފަދަ އެހީތެރިކަން ފުލުހުންނަށް ދީގެން ކަމަށެވެ. އަދި  ތަޅާނެ ކުދިންކޮޅެއް ހޯދި އަދި ފުލުހުންގެ މޫނަށް ކުޅުޖެހި ފަރާތްތަކާއި އިތުބާރު ގެއްލިފައިވާ ފަރާތްތައް ލީޑްކުރަން ތިބިހާ ހިނދަކު ކަންތައް ހައްލެއް ނުވާނެ ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

ފުލުހުންގެ އައު ބިލެއް މަޖިލީހަށް ހުށަހަޅާފައިވާއިރު ފުލުހުންގެ މުއައްސަސާގައި ހުރި ގިނަ މައްސަލަތަކެއް މެމްބަރުން ވަނީ ފާހަގަކޮށްފައެވެ. އަދި މިހާރު ހުށަހަޅާފައިވާ ބިލާއި ގުލޭ ގޮތުން ވެސް ގިނަ ބަޔަކު ދަނީ ކަންބޮޑވުން ފާޅުކުރަމުންނެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: