ކޮންމެ ދިވެހި ރައްޔިތަކަށް ވެސް މިނިވަން ކަމާއިއެކު ހިނގާބިނގާވެ އުޅެވެންވާނެ ކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މަހުލޫފް މިފަދައިން ވިދާޅުވީ ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދުއާއި އެމަނިކުފާންގެ އަނބިކަނބަލުން އިލްހާމް އަހުމަދު ކަސްތަރު ކުރައްވަން ނިކުމެ ވަޑައިގެން އުޅުއްވަނިކޮށް ޖައުފަރު ނަމަކަށް ކިޔާ އެމްޑީޕީގެ އެކްޓިވިސްޓެއް އެމަނިކުފާނާއި ދިމާކޮށް ހަޑިހުތުރު ބަހުން އެއްޗެހި ގޮވާ ހެއްދުމުން އެކަން ކުެއްވެރި ކުރައްވައި ކުރެއްވި ޓުވިޓެއްގައެވެ.
މިނިސްޓަރ މަހުލޫފް ވިދާޅުވީ ރައީސް ވަހީދުއާއި މަގުމަތިން ދިމާކޮށް ހިންގި އަމަލު ކުށްވެރި ކުރައްވާ ކަމަށާއި އަދި އައުގުރާނަ ގޮވާ ގަޔަށް ބޮލަށް އަރާ ހިސާބަށް ދެވިގެން ނުވާނެ ކަމަށެވެ.
މިނިސްޓަރ މަހުލޫފް ވިދާޅުވީ ރައީސް ވަހީދުއަށް ދިމާވި ފަދަ އެތައް ކަމެއް އެމަނިކުފާނަށް ވެސް މީގެކުރިން ދިމާވެފައި އެބަހުރި ކަމަށާއި ގާނޫނުއަސާސީ ގާނޫނުތަކަށާއި ގަވާއިދުތަކަށް އެންމެން ވެސް ފުރިހަމަ އށް ތަބާވާން ޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރައީސް ވަހީދުއާއި ދިާކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު އެ އަމަލު ކުރީގެ ރައީސް މައުމޫންއާއި ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ އިގުރުން ޖުމްހޫރީ ޕާޓީއާއި އިދިކޮޅު ފަރާތްތަކުން ވެސް ކުށްވެރި ކޕށްފައެވެ. ނަމަވެސް ރައީސް ވަހީދުއާއި ދިމާކޮށް ހަޑިހުތުރު ބަހުރުވައިން ހަޅާތްލަވައި ހެދި މައްސަލައިގައި ރައްޔިތުންގެ މަޖިޅޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

