ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒުވާބު ފެށިގެން ދިޔައީ ޑރ. ވަހީދު އެންމެ ފުރަތަމަ ޖައުފަރުއަށް ވަނަމެއް ބޭނުން ކުރުމުން: އެމްޑީޕީ

ޑޮކްޓަރ މުޙައްމަދު ވަޙީދު ހަސަން މަނިކަށް ހަމަލާދިންކަމަށް ބުނާ މައްސަލައިގައި އެމްޑީޕީން ބަޔާނެއް ނެރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އާއި، އިބްރާހިމް ޖައުފަރުއާއި ދެމެދު ދިޔައީ ބަހުގެ ރައްދުތަކެއް ކަމަށާއި، އެންމެ ފުރަތަމަ ޖައުފަރާއި ވަނަމުން މުހާތަބު ކުރެއްވީ ރައީސް ވަހީދުކަމަށް އެމްޑީޕީން ބުނެފިއެވެ.

ރައީސް ވަޙީދުގެ ދެކަނބަލުން، މިއަދުގެ ފަތިހުގައި ކަސްރަތުކުރައްވަން ނިކުމެވަޑައިގެން އުޅުއްވަނިކޮށް، އެމްޑީޕީގެ އެކްޓިވިސްޓެއް އެ ދެކަނބަލުންނާއި ދިމާކޮށް ހަޑިހުތުރުބަހުން އެއްޗެހިކިޔާ ހަމަލާދޭން އުޅުނުކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

މި ހަބަރުތަކާއި ގުޅިގެން އެމްޑީޕީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އިބްރާހިމް ޖައުފަރުއަކީ އެމްޑީޕީގެ ހަރަކާތްތަކުގައި ބައިވެރިވެ ފޮޓޯތައް ނަގާ، އަދި އިސްލާހީ ހަރަކާތުގައި ބައިވެރިވަމުން އައި މީހެއް ކަމަށެވެ. އަދި ޖައުފަރު ރައީސް ވަހީދުއަށް ހަމަލާދިންކަމަށް ބުނެ، އެމަނިކުފާނު ދައްކަވާ ވާހަކަތައް ކުށްވެރި ކުރާ ކަމަށެވެ.

މި ހާދިސާ ހިނގައިދިޔަ ގޮތް ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ، ދެ ފަރާތުގެ ދެމެދުގައި އުފެދުނު ޒުވާބެއްގެ ތެރެއިންނެވެ. އެގޮތުން އެ ޕާޓީން ބުނެފައިވަނީ ރައީސް ވަހީދާއި ”ބާޣީ“ ގެ ނަމުން ޖައުފަރު މުހާތަބު ކުރީ ޑރ. ވަހީދު އޭނާއަށް ވަނަމަކުން ގޮވައި މުހާތަބު ކުރުމުންނެވެ.

”މި ހާދިސާ ހިނގިގޮތްކަމަށް އެނގިފައިވާގޮތުން، އުސްފަސްގަނޑު ސަރަޙައްދު މަގުމަތިން އިބްރާހީމް ޖައުފަރު، ނުރުހުމުގެ ބަސްތަކަކުން އަދި “ބާޣީ” ގެ ނަމުން ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން މަނިކަށް މުޚާތަބުކުރައްވާފައިވަނީ، އޭނާއާ ދިމާއަށް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން މަނިކު ވަނަމަކުން ގޮވައި މުޚާތަބުކުރެއްވުމުން އުފެދުނު ޒުވާބެއްގެ ތެރެއިންނެވެ“ އެމްޑީޕީ

އެމްޑީޕީން ބުނީ ދެ ފަރާތުގެ ދެމެދުގައި ދިޔައީ ހަމައެކަނި ދެބަސްވުމެއް ކަމަށާއި، އެހެން ކަމުން އެކަމުގެ ތެރެއިން ދިނީ ”ޖިސްމާނީ އަނިޔާއެއް“ ކަމަށް ދޭހަވާ ގޮތަށް ރައީސް ވަހީދު ޓްވީޓު ކުރެއްވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނައިބަކަށް ހުންނަވައިގެން ރައީސް ވަހީދު އެ ސަރުކާރު ބަޣާވާތަކުން ވައްޓާލިއިރު، އެ ވެރިކަން ދިފާއު ކުރުމަށް ރައްޔިތުންނަށް އަނިޔާތަކެއް ދިންއިރު އޭގެ ތެރެއިން ޖައުފަރުއަށް ވެސް ނުހަނު ބޮޑެތި ލާއިންސާނީ އަނިޔާތަކެއް ދީފައިވާކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ޖައުފަރުއަށް އޭރު ލިބުނު އަނިޔާތަކުން މިހާރުވެސް އޭގެ އަސަރުކޮށް ދޭތެރެއިން ޝޮކުތައް ޖެހި ހޮސްޕިޓަލުގައި އެޑްމިޓު ކުރަންޖެހޭކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ބަޔާނުގައި ބުނެފައިވަނީ ޖައުފަރުއަށް ލިބުނު އެއްވެސް އަނިޔާއެއްގެ މައްސަލައެއް ތަހުގީގު ކުރެވި އިންސާފު ލިބިފައި ނެތް ކަމަށެވެ. އަދި އޭނާއަށް އެ އަނިޔާތައް ކުރިމަތި ކުރުވި ފަރާތަކާއި ނުރުހުމުގެ ބަސްތައް ރައްދު ކުރުމުން އެކަމުގެ މައްޗަށް ޖިނާއީ ތަހުގީގެއްކޮށް، ދައުވާއެއް އުފުލާ ތަހުގީގުކޮށް ދިނުމަށް އެދި ހުށަހެޅުމަކީ ރައީސް ވަހީދުގެ ލާއިންސާނިއްޔަތު ކަމާއި އަނިޔާވެރިކަން އަދި ގޮތެއްފޮތެއް ނެތްކަން ރައްޔިތުންނަށް ސާބިތުކޮށްދިން ކަމެއްގެ ގޮތުގައި ވަނީ ބުނެފައެވެ.

އެމްޑީޕީން ބުނެފައިވަނީ ޑިމޮކްރެޓިކް އުސޫލުން ފުރަތަމަ ފަހަރަށް ރައްޔިތުން އިންތިޚާބުކުރި ވެރިކަން ބަޣާވާތަކުން ވައްޓާލުމަށްފަހު ރައްޔިތުންނަށް ކުރި ލާއިންސާނީ އަނިޔާއާއި ދިވެހިރާއްޖެއަށް ދިން ބޮޑު ގެއްލުމަށް އިންސާފު ލިބިފައި ނުވާއިރު، އެ އަނިޔާ ދިނުމުގެ މުގުލުގައި ތިއްބެވި ބޭފުޅުންނާ މެދު ނުރުހުމުގެ ޝުޢޫރުތައް ރައްޔިތުން ފާޅުކުރަމުން ގެންދާނެކަން ރައީސް ވަހީދުވެސް ގަބޫލު ކުރަންޖެހޭ ކަމަށެވެ.

މިއަދު ހިނގައިދިޔަ ކަންތަކާއި ގުޅިގެން ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނާއި ދިމާއަށް ހަޑިހުތުރު ބަހުން ހަޅާތްލަވައި އެއްޗެހި ގޮވާ ހެދި އަޑު އެ ސަރަހައްދުގައި ކަސްރަތު ކުރަން ތިބި އެހެން މީހުންނަށް ވެސް ފެނި އަޑުއިވުނު ކަމަށެވެ. އަދި ވިދާޅުވީ އެކަން ހިނގާދިޔައިރު އެމަނިކުފާން ސެކިޔުރިޓީ ބަލަހައްޓާ އެމްއެންޑީއެފްގެ އޮފިސަރުން ވެސް ތިއްބެވި ކަމަށާއި އެ މީހާގެ މައުލޫމާތު ފުލުހުންނަށް ރިޕޮޓް ކުރީ އެމްއެންޑީއެފްގެ އޮފިސަރުން ކަމަށް ވިދާޅުވިއެވެ. ރައީސް ވަހީދު ވިދާޅުވީ ޑިމޮކްރެޓިކް ވެއްޓެއްގައި ކޮންމެ މީހަކަށް ވެސް ހިޔާލްފާޅު ކުރުމުގެމިނިވަންކަން އޮންނާނެ ކަމަށާއި ނަމަވެސް މަގުމަތިން ދިމާކޮށް ހަނގާކޮށް އެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: