ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ އިގްތިސާދު އޮތީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބުގަ:ގަޕޯ

ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަހުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ އެކިއެކި ގޮންޖެހުންތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު މިހާރު އޮތީ ގައުމީ ސަލާމަށް ނުރައްކާވާ ހިސާބުގައި ކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ. 

ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެން މުހައްމަދު ދީދީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލްގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ކޮވިޑް19 އާއި ގުޅިގެން ރާއްޖެއަށް ދިމާވި ކަންކަމުން އަރައިގަނެ ބަލިން ރައްކާތެރިވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށް ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. 

އެގޮތުން ކޮވިޑް19 އިން ރައްކާތެރިވުމަށް އަދި ބަލި ކޮންޓްރޯކް ކުރުމަށް ކަމާއި ގުޅުންހުރި ފަރާތްތަކުން ހާއްސަކޮށް ޑޮކްޓަރުންނާއި ނަރުހުން ކުރި ބުރަ މަސައްކަތުން ބޮޑެތި ކާމިޔާބީތަކެއް ހދައި ބަލިން ސަލާމަވްވެވިދާނެ ކަމުގެ އިތުބާރު ޑޮކްޓަރުން ގާއިމްކޮށްފައިވާކަން އަބްދުލްޣަފޫރު މޫސާ ފާހަގަކުރެއްވިއެވެ. 

އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ކޮވިޑްއިން ރައްކާތެރިވުމަށް ކުރެވުނު މަސައްކަތުން ލިބުނު ކުރިއެރުމާއި ކާމިޔާބީއާއި މިހާރު ދިވެހިރާއްޖެ ނިއުނޯމަލްގައި ކުރިއަށް ދިއުމަށް މަސައްކަތް ފަށާފައިވާއިރު ދެން އެންމެ އަވަހަށް ކުރަން ޖެހޭ ކަމަކީ ރާއްޖޭގެ އިގްތިސާދު ނަގައި ކޮޅަށް ޖެހުމުގެ މަސައްކަތް ކަމަށް އަބްދުލްޣަފޫރު މޫސާ ވިދާޅުވިއެވެ. 

އޭނާ ވިދާޅުވީ ދިވެހިރާއްޖެއަކީ މަހެއްގެ މައްޗަށް 1.8 ބިލިޔަން ރުފިޔާ އާންމުދަނީގެ ގޮތުގައި ލިބެމުން އައި ގައުމެއް ކަމަށާއި ނަމަވެސް މިއަދު ދިވެހިރާއްޖެއަސް އާންމުދަނީގެ ގޮތުގައި 200 މިލިޔަން ރުފިޔާ ލިބިގެން ދިއުމަކީ ވަރަށް ބޮޑަށް ވިސްނާލަން ޖެހޭ ކަމެއް ކަމަށެވެ. އަދި މިހާރު ރާއްޖޭގެ އިގްތިސާދު އޮތް ހާލަތަކީ ގައުމީ ސަލާމަތަސް ނުރައްކާވެދާނެ ފަދަ ހާލަތެއް ކަމަށް ވެސް އަބްދުލްޣަފޫރު މޫސާ ވިދާޅުވިއެވެ. 

އޭނާ ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ނަގައި ކޮޅަށް ޖެހުމުގެ މަސައްކަތްތައް ފަށައިގަންނައިރު އެންމެ އަވަހަސް ކުރަން ޖެހޭ ކަމަކީ ރާއްޖޭގެ ވައިގެ ބަނދުރު ހުޅުން ކަމަށާއި އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވޭނެ ތާރީހެއް މިހާރުން މިހާރަށް އިއުލާން ކުރަން ޖެހޭ ކަމަށް އަބްދުލްޣަފޫރު މޫސާ ވިދާޅުވިއެވެ. 

މީގެއިތުރުން އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ރާއްޖެއަސް އަންނަން ބޭނުންވާ އެތައް ހާސް ފަތުރުވެރިންނެއް އެބަތިބި ކަމަށާއި އަދި އަލުން ވިޔަފާރި ފަށައިގަންނަން ތައްޔާރަށް ތިބި އެތައް ބޮޑެތި ކުންފުނިތަކެއް ރިސޯޓުތަކެއް އެބަތިބި ކަމަށާއި ނަމަވެސް އެކަން އެގޮތަށް ކުރެވޭނީ ރާއްޖޭގެ ވައިގެ ބަނދަރު ހުޅުވޭނެ ތާރީހެއް އެނގިގެން ކަމަށާއި އެހެން ކަމުން ރާއްޖޭގެ އިގްތިސާދު ނަގައި ކޮޅަސް ޖެހުމަށްޓަކައި ކުރަން ޖެހޭ ހުރިހައި ކަމެއް ސަރުކާރާއި ގުޅިގެން މިހާރުން މިހާރަށް މަޖިލީޙުން ކުރަން ޖެހޭ ކަމަށް އަބްދުލްޣަފޫރު މޫސާ ވިދާޅުވިއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: