ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ބަޖެޓުން އެއް ބިލިޔަން ރުފިޔާ އުނިވާނެ، ޚަރަދުތަކާއި ދައުލަތުގެ އާމްދަނީ އަލުން ދިރާސާކޮށް އެކުލަވާލަން ޖެހޭ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަހާއި ގުޅިގެން ރާްޖޭގެ އިގްތިސާދަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާއިރު މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކަުރި ދައުލަތުގެ ބަޖެޓަށް އެއް ބިލިޔަން ރުފިޔާގެ އުނިކަމެއް އަންނާނެ ކަމަށާއި އެހެން ކަމުން ބަޖެޓުގެ ޚަރަދުތަކާއި އާމްދަނީ އަލުން ދިރާސާކޮށް އެކުލަވާލަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ. 

ރައީސް މިފަދައިން ވިދާޅުވީ  ”ނެޝަނަލް ޓާސްކްފޯރސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ“ގެ ފުރަތަމަ ބައްދަލުވުމުގެ ތެރެއިންނެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި މި ބައްދަލުވުމުގައި މި ޓާސްކްފޯސްގައި ހިމެނޭ 3 ވަރކިންގ ގްރޫޕްކަމަށްވާ، ވާރކިންގް ގްރޫޕް އޮން ފައިނޭންސް، ވާރކިންގް ގްރޫޕް އޮން އިކޮނޮމިކް ރިކަވަރީ އަދި ސޯޝަލް ސެކްޓަރގެ ވާރކިންގް ގްރޫޕުން އެ ވާރކިންގ ގްރޫޕުތަކާއި ޙަވާލުވެފައިވާ ދާއިރާތަކުގެ ކަންކަން ކުރިޔަށްގެންދަވަން ރާއްވަވާފައިވާ ގޮތްތަކާއި ބެހޭ ޕްރެޒެންޓޭޝަންތައް ހުށަހެޅުއްވިއެވެ.

އެގޮތުން ހުށަހެޅުއްވި ޕްރެޒެންޓޭޝަންތަކުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި ކޯވިޑާގުޅިގެން ދިމާވި ދަތިތަކާއެކު ބަޖެޓު ރިވައިސްކޮށް މާލީކަންކަން ކުރިޔަށްގެންދިއުމަށް ރޭވިފައިވާ ގޮތްތަކާއި، އިޤްތިޞާދު ނެގެހެއްޓުމާއި، އިޤްތިޞާދީ ކަންކަން ކުރިޔަށްގެންދިއުމުގައި އެންމެ މުހިންމުކަންދޭނެ ދާއިރާތަކާއި އަދި މަސައްކަތްތައް ކުރިޔަށްގެންދިއުމަށް ރޭވިފައިވާ ގޮތްތަކާ ބެހޭގޮތުންނާއި، ސޯޝަލް ސެކްޓަރއިން ޞިއްޙީ ދާއިރާ ވަރުގަދަކުރުމާއި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީފޯރުކޮށްދިނުމާއި އަދި ސްކޫލުތައް ހުޅުވުމުގެ މަސައްކަތްތައް ކުރިޔަށްގެންދިއުމަށް ރޭވިފައިވާ ގޮތްތައް ހިމެނެއެވެ.

ރައީސް ސާލިޙް ބޭއްވި ބައްދަލުވުމުގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް

މި ބައްދަލުވުން ފައްޓަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޓާސްކްފޯސް އުފެއްދެވުމުގެ މަޤްޞަދުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވދ. އަދި ރާއްޖޭގައި ކޯވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވިފައިވާ މަސައްކަތްތަކާއެކު މި ބައްޔާއި ކުރިމަތިލުމަށް ވަޞީލަތުގެ ގޮތުންނާއި، އެހެނިހެން ގޮތްގޮތުންވެސް ޞިއްހީ ދާއިރާގެ ޤާބިލުކަން އިތުރުކުރެވިފައިވާކަން ފާހަގަކުރައްވައި، މިހާރު ބައްޔާގުޅިގެން ކުރިމަތިވެފައިވާ އިޤްތިޞާދީ ޙާލަތުން އަރައިގަތުމަށް މަސައްކަތްކުރުމުގެ ފުރުޞަތު ލިބިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ބައްޔާގުޅިގެން އިޤްތިޞާދީ ގޮތުން ލިބުނު ގެއްލުންތައް ދަޢުލަތުގެ އިތުރުން އަމިއްލަ ފަރާތްތަކަށްވެސް ލިބިފައިވާކަން ފާހަގަކުރައްވައި އެގޮތުން 1 ބިލިޔަން ރުފިޔާގެ އުނިކަމެއް ދައުލަތުގެ ބަޖެޓަށްވެސް އަންނާނެކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިކަންކަމުން އަރައިގަތުމަށް ބަޖެޓުގެ ޚަރަދުތަކާއި އާމްދަނީ އަލުން ދިރާސާކޮށް އެކުލަވާލަން ޖެހޭކަން ފާހަގަކުރެއްވިއެވެ. ޓާސްކްފޯހުގައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރަށް އަވަހަށް ރާއްޖޭގެ ބޯޑަރުތައްވެސް ހުޅުވާލައި ފަތުރުވެރިކަން ފެށުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ.

މިއަދު ބޭއްވެވި ޓާސްކްފޯސްގެ މި ބައްދަލުވުމުގައި ޓާސްކްފޯސްގައި ހިމެނޭ 3 ވާރކިންގ ގްރޫޕުން ޙިއްޞާކުރެއްވި 3 ޕްރެޒެންޓޭޝަނުގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް ހުޅުވާލުމާ ބެހޭ ގައިޑުލައިންގެ ކަރުދާސް މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަހީދު ހުށަހެޅުއްވިއެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑާއި ގުޅިގެން ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ޓާސްކްފޯސްއިން ކުރަމުންދާ މި މަސައްކަތްތަކަކީ ސަރުކާރާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ޕްރައިވެޓް ސެކްޓަރާ، ސިވިލް ސޮސައިޓީ، އަދި ދައުލަތުގެ އެކި މުއައްސަސާތަކުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދެވޭ މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ. އަދި މިއަދުގެ ބައްދަލުވުން ނިންމަވާލައްވަމުން ޓާސްކްފޯސްގެ މިއަދުގެ ބައްދަލުވުމުގައި 3 ވާރކިންގ ގުރޫޕުން ހުޅަހެޅުއްވި ހުށަހެޅުންވުންތަކާއި އަދި މިއަދު ހުށަހެޅުއްވި ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލުމާ ބެހޭ ގައިޑްލައިންއާ މެދު ދެން ބާއްވަވާ ބައްދަލުވުމުގައި ގޮތެއް ނިންމަވާނެކަން އިޢުލާނުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: