ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުވައްޒަފަކު ޕޮޒިޓިވްވިޔަސް، މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭ: ރައީސް ނަޝީދު

ފޮޓޯ؛ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާއި ގުޅޭގޮތުން ޢާންމުކޮށްފައިވާ އުސޫލޫތަކާއި އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްފަހު ރައްޔިތުން މަޖިލީހުގެ މަސައްކަތްތައް، މަޖިލީހުގެ އިދާރާގައި ކުރިއަށްގެންދަން ނިންމައިފިއެވެ.

ރައްޔިތުން މަޖިލީހުން މި ގޮތަށް ނިންމާފައި މިވަނީ، މަޖިލީހުގެ މެއިންޓަނެސް ޔުނިޓްގައި މަސައްކަތްކުރާ މުވައްޒަފަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

މިކަމާ ގުޅިގެން ރައްޔިތުން މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާކަމަށާއި، މި ގޮތުން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތްތަކާއި، މަޖިލިސް ޑިސްއިންފެކްޓްކުރުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްފަހު ރައްޔިތުން މަޖިލީހުގެ މަސައްކަތްތައް، މަޖިލީހުގެ އިދާރާގައި ކުރިއަށްގެންދާނެކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށްފަހު، މަޖިލީހުގެ މަސައްކަތްތައް، މަޖިލީހުގެ އިދާރާގައި ކުރިއަށްގެންދިއުމުގެ މުހިންމުކަން، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ފާހަގަކުރައްވާފައިވާކަމަށް ވެސް، ބަޔާނުގައިވެއެވެ.

މަޖިލީހުގެ އިދާރާއިން ބުނީ، އެ އިދާރާގެ މަސައްކަތްތައް ފެށިއިރު ވެސް، މިފަދަކަމެއް ދިމާވެދާނެކަމަށް ބަލާ ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިވާނެކަމަށެވެ. މި ގޮތުން ރޯގާއާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާ، މަޖިލީހުގެ ޖަލްސާތައް، މަޖިލީސްކުރާގޭގައި ކުރިއަށް ގެންދިއުމަކީ، މަޖިލީހުގެ އަމާޒެއްކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: