ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނ.ވެލިދޫން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ވެލިދޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް. ފޮޓޯ: ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ނ.ވެލިދޫން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން މިއަދު ހާމަކުރި ގޮތުގައި މި ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، ފުލުހުންގެ އިންޓެލިޖެންސާއި، ވެލިދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރަމުން އަންނަ ފުލުހުން ގުޅިގެން މި މަހުގެ 17 ވަނަ ދުވަހުގެ 11:30 ހާއިރު ހިންގި އޮޕަރޭޝަނެއްގައެވެ.

މި ގޮތުން، ވެލިދޫގައި ހިންގި އޮޕަރޭޝަނުގައި، އެ ރަށުގެ ބަނދަރު ސަރަހައްދު ބަލައި ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްއަޅާފައިވާ ޖޫސްޕެޓީ ދެ ކޮތަޅު ފެނިފައިވާކަމަށް ފުލުހުން ހާމަކުރެއެވެ. ނަމަވެސް މި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވީ ނަމަވެސް މައްސަލައާއި ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ހާމަކުރިގޮތުގައި، ވެލިދޫ ޕޮލިސް ސްޓޭޝަނުން ދަނީ މި މައްސަލަ ތަހުޤީޤު ކުރަމުންނެވެ.

ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ވެލިދޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ޕޮލިސް އިންޓެލިޖެންސާއި، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން މި މަހުގެ 14 ވަނަ ދުވަހުގެރޭ ހިންގި އޮޕަރޭޝަނެއްގައި، ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކެއްގައި ހިމެނޭ ބަޔަކު ގެންގޮސްފައިވާކަމަށް، މި މަހުގެ 15 ވަނަ ދުވަހު ފުލުހުން ހާމަކޮށްފައިވެއެވެ. މި ގޮތުން، އެ މީހުންނާއި ގުޅުންހުރި ތަންތަން ބަލައި ފާސްކުރިއިރު، 6 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާކަމަށް ވެސް ފުލުހުންވަނީ ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: