ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގާއި ”އަރސިލްސް“ ގުޅިގެން ފުރަތަމަ ފަހަރަށް އޮންލައިން މަލްޓި ޕްލެޔަރ ގޭމެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގާއި ”އަރސިލްސް“ ގުޅިގެން ”ތަކުރު ވޯރސް“ގެ ނަމުގައި އެކަކަށްވުރެ ގިނަ މީހުންނަށް އެއްފަހަރާ ކުޅެވޭ މޯބައިލް ގޭމެއް ތައާރަފުކޮށްފިއެވެ.

މިއީ މިފަދަ ގޮތަކަށް ރާއްޖެގައި ޑިވެލޮޕްކުރި ފުރަތަމަ ގޭމެވެ. މި ގޭމަކީ ދިވެހި ރާއްޖޭގެ އާދަކާދައާ، ތާރީޚާއި ސަގާފަތާ ގުޅުވައިގެން ތައްޔާރުކޮށްފައިވާ ގޭމެކެވެ. މި ގޭމުން ދައްކުވައިދޭނީ ދިވެހި ކެރެކްޓަރ ތަކާއި މާހައުލުތައް ކަމަށާއި މި ގޭމްގައި މައިގަނޑު 5 ދިވެހި ކެރެކްޓަރުން އުޅޭނެކަމަށް ދިރާގުން މައުލޫމާތުދެއެވެ. އަދި ބޭނުން ގޮތަކަށް މި ކެރެކްޓަރތައް ކަސްޓަމައިޒް ވެސް ކޮށްލެވޭނެ ކަމަށާއި މި ކެރެކްޓަރ ތަކުގައިވާ ”ސުޕަރ ޕަވަރސް“ އަދި ޚާއްސަ ހަތިޔާރުތައް ބޭނުންކޮށްގެން ގޭމް ކުޅޭ އެހެން މީހުންނާއި ވާދަކޮށް ލީޑަރބޯޑްގެ އެންމެ ކުރިއަށް އެރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ދިރާގުން މައުލޫމާތުދެއެވެ.

މި ގޭމް މިހާރު ޕްލޭ ސްޓޯރ އަދި އެޕް ސްޓޯރ އިން ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ.

 ”އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް އަޅުގަނޑުމެންގެ ކަސްޓަމަރުން އެކަކު އަނެކަކާ ގުޅުވައިދިނުމަށް. އެގޮތުން، އަޅުގަނޑުމެން އުންމީދު ކުރަނީ އިޖުތިމާޢީ ގައިދުރުކަން އިސްކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި މި ގޭމަކީ ކަސްޓަމަރުން މުނިފޫހިފިލާ، ރައްޓެހިންނާ އާއިލާއާ އެކު ދުރުގައި ހުއްޓަސް އެކީ ކުޅެވޭނެ ކަހަލަ މަޖާ ގޭމަކަށް މި ގޭމް ވެގެން ދާނެ ކަމަށް“ ދިރާގުގެ މެނޭޖަރ ބިޒްނަސް ޑިވެލޮޕްމަންޓް އަހުމަދު ޝިނާއު އަބްދުލް ގާދިރު

ދިރާގުން ބުނީ ދިވެހި ޑިވެލޮޕަރުންނާއި ގުޅިގެން، ދިވެހި ގޭމިންގ ކޮމިއުނިޓީގެ މޮބައިލް ގޭމިންގ ތަޖުރިބާ ރަނގަޅު ކުރުމުގެ މަސަކަތުގައި ބައިވެރިވުމަކީ އެކުންފުނިން ވަރަށް އުފާކުރާ ކަމެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: