ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯނީއަށް ބަޔާން ނުދެއްވީ ރައީސް ނަޝީދު އިތުރަށް ފަޟީހަތްކުރަން ބޭނުންނުވާތީ: އަލްހާން

ފޮޓޯ: އަވަސް އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުން އިސްތިއުފާދެއްވި ދުވަހު ހިނގި ކަންތައްތަކުގައި، ކޯނީއަށް ބަޔާން ނުދެއްވީ ރައީސް ނަޝީދު އިތުރަށް ފަޟީހަތްކުރައްވަން ބޭނުންވެނުލައްވާތީކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނާއި ގާތް ގުޅުމެއް އޮތް އަލްހާން ފަހުމީ ކުރެއްވި ޓްވީޓެއްގައި، 07 ފެބްރުއަރީގެ ބަޣާވާތް ތަހުޤީޤުކުރި ކޮމިޝަން ކޯނީ އިން އޭނާގެ ބަޔާން ނުނަގާކަން އެއްވެސް މީހަކަށް އެނގޭތޯ ސުވާލު ކުރައްވަމުން ވިދާޅުވީ، ކޯނީ އިން އޭނާގެ ބަޔާން ނަގަން ގުޅިކަމަށެވެ. ނަމަވެސް ރައީސް ނަޝީދު އިތުރަށް ފަޟީހަތްކުރައްވަން ބޭނުންވެނުލައްވާތީ، ކޯނީއަށް އެެކަމާ ބެހޭ ބަޔާނެއް ނުދެއްވާކަމަށް ވެސް އަލްހާން ވިދާޅުވިއެވެ.

ރައީސްކަމުން ނަޝީދު އިސްތިއުފާ ދެއްވާފައިވަނީ އޭނާގެ ވެރިކަމުގައި، ކުރެއްވި އަމުރުފުޅަކާއިގުޅިގެން ސިފައިން ނުކުމެ، ކްރިމިނަލް ކޯޓްގެ އިސް ގާޒީ ޢަބުދުﷲ މުޙައްމަދު ހައްޔަރުކުރުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކާއި ގުޅިގެންނެވެ. މި ގޮތުން 2012 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 07 ވަނަ ދުވަހު މެންދުރުގެ ވަގުތެއްގައި، ރައީސް ނަޝީދުވަނީ އިތުރަށް ވެރިކަމުގައި ހުންްނެވުމުން، ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ދެރަގޮތެއްވެދާނެކަމަށް ވިދާޅުވެ އިސްތިއުފާ ދެއްވާފައެވެ. ނަމަވެސް ރައީސް ނަޝީދު އިސްތިއުފާދެއްވިތާ 24 ގަޑިއިރުތެރޭގައި، އެމްޑިޕީން މަގުމައްޗަށް ނުކުމެ ވަނީ، ވެރިކަން ވައްޓާލީ ބަޣާވާތްކޮށްގެންކަމަށް ބުނެ މުޒާހަރާކޮށްފައެވެ.

އަނެއްކާވެސް ބަޣާވާތުގެ އަޑުގަދަވެ، ރާއްޖޭގެ ސިޔާސީ މަސްރަހު ކެކިގެންގޮސްފައި މިވަނީ، ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން، ވެރިކަމާއި ހަވާލުވެވަޑައިގެންނެވި، ރައީސް ނަޝީދުގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޙަސަން މަނިކު ކަސްރަތަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް، އެމްޑީޕީގެ އެކްޓިވިސްޓަކު، އެމަނިކުފާނާއި ދިމާކޮށް ހަޑިހުތުރުބަހުން މުޢާމަލާތްކުރެއްވިކަމަށް ވިދާޅުވެ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ. ހަމައެޢާއެކު އެމްޑީޕީން މިހާރުވަނީ، އެމްޑީޕީގެ އެކްޓިވިސްޓް ޖައުފަރުގެ ހިމާޔަތުގައި ނުކުމެ، މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާ ބަހުސްކުރިއަށް ގެންގޮސްފައެވެ. މި ގޮތުން އެ ޖަލްސާގައި އެމްޑީޕީގެ މެންބަރުންވަނީ، ރައީސް ވަޙީދުއަށް ބާޣީއަށް ގޮވުމަށް ގޮވާލައްވާފައެވެ. މީގެ އިތުރުން ރައީސް ނަޝީދު ވެސް ވަނީ، އެ ކަމަށް ހިތްވަރުލިބޭ ގޮތަށް ޓްވީޓުކުރައްވާފައެވެ. ރައީސް ނަޝީދު އޭރު ވިދާޅުވި ގޮތުގައި، ބަޣާވާތްކުރެއްވީ ރައީސް މައުމޫން އިސްވެ ހުންނަވައިގެންނެވެ. ނަމަވެސް، މިހާރު ވާހަކައިގެ ރާގު ބަދަލުވެ، ބަޣާވާތުގައި އިސްކޮށް ހުންނެވި ބޭފުޅެއްކަމުގައި ރައީސް ނަޝީދު ވިދާޅުވަނީ ޑރ.ވަޙީދު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: