ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެޓްފޯރމިން ބޭހާމެދު ސަމާލުވުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެދިއްޖެ

ފޮޓޯ: އާރްޓީޓީ ނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

މެޓްފޯރމިން (Metformin) އަކީ، އެޕްރޫވްޑް ޑްރަގް ލިސްޓުގެތެރޭގައި ހިމެނޭ ބޭހެއް ނޫންކަމަށާއި، ނަމަވެސް ރާއްޖެއަށް އެތެރެކޮށްފައި ހުރެދާނެތީ މިކަމަށް ސަމާލުވުމަށް އެދޭކަމަށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން، ބުރާސްފަތިދުވަހު ބުނީ، ޔުނައިޓެޑް ސްޓޭޓްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެލާރޓް ކޮށްފައިވާގޮތުން، Apotex Corp އިން އުފައްދާ މެޓްފޯރމިން ހައިޑްރޯކްލޮރައިޑް އެކްޓެންޑެޑް ރިލީޒް ޓެބްލެޓްސް 500 މގ (Metformin Hydrochloride Extended-Release Tablets 500mg) ގައި، N-nitrosodimethylamine (NDMA) ކިޔާ މާއްދާއެއް އެކުލެވިގެންވާކަމަށެވެ. މި ގޮތުން Apotex Corp އިން ވަނީ، އެ ބޭސް މާރކެޓުން ރިކޯލްކުރައްވާފައިކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެއެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ ބޭސް ސިޓީއަށް އަމިއްލަ ބޭނުމަކަށް ނުވަތަ އެ ނޫންވެސް ގޮތަކުން ރާއްޖެއަށް ބޭސް އެތެރެކޮށްފައި ހުރެދާނެތީ، މިކަމަށް ސަމާލުވުމަށް އެދޭކަމަށެވެ. މީގެއިތުރުން އެއްވެސް ބޭނުމަކަށް މި ބޭސް ރާއްޖެއަށް އެތެރެކޮށްގެން ވިއްކާ، ބޭނުން ނުކުރުމަށް ވެސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ އަންގާފައެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ، ކުރިއެކޭ ވެސް އެއްފަދައިން ޕޯޓް އޮފް އެންޓްރީތަކުގައި ރާއްޖެއަށް އެތެރެކުރާ ބޭސް ބަލާ ފާސްކުރަމުންދާނެކަމަށެވެ. މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މެޓްފޯރމިންއާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެ އޮތޯރިޓީގެ ހޮޓްލައިން 7200321 މެދުވެރިކޮށް މައުލޫމާތު ހިއްސާ ކުރުމަށް ވެސް، ފުޑް އެންޑް ޑްރަގް އޮތޯރިޓީންވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: