ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީކާއި ދިމާކޮށް އެއާލައިންތަކުން ވަނީ ދަތުރުތައް ތިން ގުނަ އިތުރު ކުރަން ހުށަހަޅާފައި: އެމްއޭސީއެލް

އިންޓަނޭޝަނަލް ބައެއް އެއާލައިންތައް ވީއައިއޭގައި ޕާކުކޮށްފައި/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އަހަރުގެ ފަހުކޮޅަކީ އާއްމުގޮތެއްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކްސީޒަނަށްވާއިރު، އެ މުއްދަތުގައި އެއާލައިންތަކުގެ ދަތުރުތައް ދެގުނައަށް އިތުރު ކުރުމަށް ހުށަހަޅާފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހް ވިދާޅުވެއްޖެއެވެ.

ކޮވިޑުގެ މި ބަލިމަޑުކަމުގެ ތެރޭގައި އެޅި އެންމެ ބޮޑު ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ މައި ދޮރާށި ބަންދު ކުރުމެވެ. އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލުމާއި އެކު އިގްތިސާދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެސް ވެފައެވެ.

ލޮކްޑައުންއަށް ދިން ލުއިތަކުގެ ދަށުން، ވައިގެ ދަތުރުތައް ވެސް ވަނީ ފެށުމަށް ހަމަޖެހިފައެވެ. ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސިސް ކޮމިޓީގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ޓާމިނަލް މެނޭޖަރު އިބްރާހިމް އަހުސަން ވިދާޅުވެފައިވަނީ މިހާތަނަށް 10 އެއާލައިންއަކުން ދަތުރު ފެށުމަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މީގެ ކުރިން ވެސް ރާއްޖެއަށް ދަތުރުކުރަމުން އައި އެއާލައިންތައް ވެސް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

ބައެއް ފްލައިޓުތައް ދަތުރުކުރުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލުތައް ދެއްވަމުން އަހުސަން ވިދާޅުވީ އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެމިރޭޓްސް އިން ދުވާލަކު ފްލައިޓެއް، އަދި އިއްތިހާދުން ހަފްތާއަކު ދެ ފްލައިޓުތ އަދި ހޮންގްކޮންގްއިން ހަފްތާއަކު ދެ ފްލައިޓު، އިންޑިއާގެ އިންޑިގޯއިން ދުވާލަކު ދެ ފްލައިޓު އަދި ސްރީލަންކާގެ އެސްކިއު ފްލައިޓުން ދުވާލަކު އެއް ދަތުރު، އަދި ޓާކިޝް އެއާގެ ދަތުތައް ހަފްތާއަކު ފަސް ދުވަހު ބޭއްވުމަށް ހުށަހަޅާފައިވާއިރު އޭގެ އިތުރުން ސިލްކް އެއާއިން ދުވާލަކު ދެ ދަތުރު ކުރާނެ ކަމަށެވެ.

އެއާޕޯޓު ހުޅުވާލުމާއި އެކު މި އެއާލައިންތައް ދަތުރުކުރާނެކަމަށް ބެލެވުނު ނަމަވެސް ހާލަތަށް އަންނަ ބަދަލަކާއި އެކު އަދަދުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވިއެވެ. ކުރިޔަށް އޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކްގެ ގޮތުގައި މީގެ ކުރިން ގުނަމުން އައި ދުވަސްތަކަށް ވުމާއި އެކު ބައެއް އެއާލައިންތަކުން ހާލަތަށް ބަލާ ދަތުރުތައް އިތުރު ކުރުމަށް ހުށަހަޅާފައިވާކަމަށް ވެސް މޫސާ ސޯލިހް ވިދާޅުވިއެވެ.

ރާއްޖެއަށް ދަތުރުކުރަމުން އައި އިތުރު އެއާލައިންތަކުން ދަތުރުތައް ފެށުމާއި މެދު ގޮތެއް ނިންމާފައިނުވީ ނަމަވެސް އެއާލައިންތަކުން ސްލޮޓުތައް ދޫކޮށްލާފައިނުވާކަމަށް ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހް ވަނީ ވިދާޅުވެފައެވެ. އަދި ގިނަ އެއާލައިންތަކުން މަޑުކުރަނީ ސީދާ ތާރީހެއް އިއުލާނު ކުރަންދެންކަމަށް މޫސާ ސޯލިހް ވިދާޅުވިއެވެ.

އެންމެ ބޮޑު ސުވާލަކީ އެމްއޭސީއެލްގެ ތައްޔާރީ ހާލަތާއި ބެހޭގޮތުންކަން ފާހަގަކުރައްވާ މޫސާ ސޯލިހް ވިދާޅުވީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު ބޯޓުތަކަށް ހިދުމަތް ދިނުމަސް އެއާޕޯޓު އޮތީ ތައްޔާރަށް ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ވެސް، 20 މިނެޓުތެރޭގައި ހުރިހާ މަތިންދާބޯޓައި ބެހޭ ހުރިހާ ކްލިއަރެންސްއެއް ގެނެވޭނެ ކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ބަދަލެއް އައިސްފައިވާއިރު މޫސާ ސޯލިހް ވިދާޅުވީ އެ ކުންފުނީގެ ވެސް އަމާޒަކީ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: