ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްފަންނަކީ އަބަދުވެސް މަރާމާތުކުރަންޖެހޭ ތަނެއް: މޭޔަރ ޝިފާ

ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްފަންނަކީ އަބަދުވެސް މަރާމާތުކުރަންޖެހޭ ތަނެއް ކަމަށާއި އެތަން އަބަދުވެސް އައީ މަރާމާތުކުރަމުން ކަމަށް މޭޔަރ ޝިފާ ވިދާޅުވެއްޖެއެވެ.

”ސަންގު“އަށް ދެއްވި އިންޓަވިއުއެއްގައި މާލޭ ސިޓީގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވީ ރަސްފަންނަށް ގެއްލުންވާ ކޮންމެ ފަހަރަކުވެސް ސިޓި ކައުންސިލްގެ މުވައްޒަފުން އެކަން އެތަން އައީ މަރާމާތު ކުރަމުން ކަމަށެވެ. އެގޮތުން ކޮންމެ ދެތިން މަހަކުން ރަސްފަންނަށް ވެލި އެޅުމުގެ މަސައްކަތް ކުރާ ކަމަށާއި ކޮންމެ ދުވަހަކު ރަސްފަންުނު ސަރަހައްދަށް ލައްގާ ކުނި ނަގައި ސާފު ކުރަމުންދާ ކަމަށެވެ.

އެހެންނަމަވެސް، މިފަހަރު ލިބުނު ގެއްލުންތައް މީގެ ކުރިން ލބިފައި ހުރި ގެއްލުންތަކާ އަޅާ ބަލާއިރު ބޮޑުކަން ފާހަގަކުރެއްިއެވެ. އަދި މިފަހަރުގެ ވިއްސާރައާއި ގުޅިގެން ލިބުނު ގެއްލުންތައްވެސް މަރާމާތުކުރުމަށް ވިއްސާރަ އަލިވެ، މޫސުން ރަނގަޅުވިހާ އަވަހަށް ފަށާފައިވާނެ ކަމަށާއި މަރާމާތުގެ މަސައްކަތްތައް ކުރަމުންދާތާ މަހެއްހާ ދުވަސް ވެއްޖެކަމަށް ވިދާޅުވިއެވެ.

ރަސްފަންނުގައި ހުރި ފަނުން ހަދާފައިވާ ގެތަކާއި ޖޯލިތައްވެސް ހުރީ ހަލާކުވެފަ. އެކަމަކު މިހާރު ގެތަކާއި ޖޯލިތައްވެސް ވާނީ މަރާމާތުކޮށްފަ

މީގެ އިތުރަށް މާލޭ މަގު ހެދުމުގު މަޝްރުއުގެ މަސައްކަތްވެސް ކޮވިޑާއި ގުޅިގެން މަޑުޖައްސާލުމަށްފަހު އަލުން ފެށިގެން ކުރިއަށްދަ ކަމަށެވެ. އެގޮތުން މިހާރު ކުރަމުންދަނީ ބަރު އުޅަނދުފަހަރު މާލެ ވަށައިގެން ދުއްވޭނެ ގޮތެއް ހެދުން ކަމަށާއި ރަސްފަންނު ކުރިމަތީ ވެލި އަޅާފައި އޮތް ސަރަހައްދުގައި ގާ އެޅުމަށްފަހު އެމަގުވެސް އަލުން ހުޅުވާލުމްށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި އެއަސްފަހު ވެސްޓް ޕާކު ސަރަހައްދު ހެދުމުގެ މަސައްކަތް ފަށާނެ ކަމަށާއި ޖުމްލަކޮށް ވާރޭ ވެހުމަށްފަހު ހަލާކުވާ ހުރިހަ މަގެއް ހެދުމުގެ މަސައްކަތް މިޕްރޮޖެކްޓްގެ ދަށުން ކުރާނެ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: