ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ވަކި ބައެއްގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައެއް ނުވޭ: ޕީޖީ އޮފީސް

ޕްރޮސިކިޔުޓަރ ޖެނެރަލް ހުސެން ޝަމީޟް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ދައުވާކށްދޮނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލަތަކާއި ގުޅިގެން ވަކި މީހެއްގެ ނުވަތަ ބައެއްގެ މައްޗަސް ދައުވާ ނުކުރަން ޕީޖީ ނިންމަވާފައި ނުވާ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ބުނެފިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ބައެއް މީހުންގެ މައްޗަށް ދައުވާ ނުކުރުމަށް މިހާރުގެ ޕީޖީ ހުސެން ޝަމީމް ނިންމަވާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ގެނެސްދީފައިވާ ހަބަރުތަކާއި ގުޅިގެން ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމާމެދު ގޮތް ނިންމުމާއި، ތަހުގީގު ނުކުރުމަށް ނިންމުން ފަދަ ނިންމުންތަކަކީ ތަހުގީގީ އިދާރާތަކުގެ ބާރުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށާއި އެއީ ޕްރޮސެކިއުޓަރ ޖެނެރަލް ކުރައްވާ ކަމެއް ނޫން ކަމަށެވެ.

އެގޮތުން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ އެއްވެސް މީހެއްގެ ބައި ތަހުގީގު ނުކުރުމަށް ނުވަތަ އެ މައްސަލައާއި ގުޅުންހުރި އެއްވެސް މީހެއްގެ މައްސަލައެއް ޕީޖީ އޮފީހަށް ބަލައިނުގަތުމަށް ނުވަތަ އިތުރަށް ކުރިއަށް ނުގެންދިއުމަށް ޕީޖީ އެއްވެސް އިރަކު އެއްވެސް މީހަކަށް އަދި އިދާރާއަކަށްވެސް އަންގާ އިރުޝާދު ދީފައިނުވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޕީޖީ އޮފީހުން ވަނީ މީޑިއާގައި ލިޔެފައިވާ ލިޔުމަކީ ޕީޖީ އާއި ރާއްޖޭގެ އަދުލުގެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ގެއްލޭގޮތަށް ހަގީގަތާއި ހިލާފު ވާހަކަތަކެއް ޝާއިރުކޮށްފައިވާ ލިޔުމަކަށްވާތީ، އެ މައްސަލަ މީޑިއާ ކައުންސިލަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށްވެސް ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: