ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަނީ ލޯންޑާރ ކުރިކަމުގެ ތުހުމަތުކޮށް ހައިލަމް ފުލުހަށް ހާޒިރުކުރަނީ!

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމްގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތުކޮށް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފިއެވެ.

އަންގާރަ ދުވަހުގެ ރޭގަނޑު 08:00 އަށް ފުލުސް އޮފީހަށް ހާޒިރުވާން އަންގާ ފުލުހުން ފޮނުވި ޗިޓު ހައިލަމް ވަނީ ޓްވީޓު ކުރައްވާފައެވެ. އަދި ވިދާޅުވީ ފުލުހަށް ހާޒިރު ކުރަނީ އޭނާގެ ރައްޓެއްސެއްކަމަށް ވާ އަލްހާން ފަހުމީއަށް ފަހުން އަނބުރާ ދައްކާގޮތަށް ފާޅުކަން ބޮޑު ގޮތެއްގައި ހޯދި ދެލައްކަ ރުފިޔާގެ މައްސަލައިގައި ކަމަށެވެ. ހައިލަމް ވިދާޅުވީ އެ މައްސަލައިގައި އޭނާ ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ.

ހައިލަމް ވިދާޅުވީ މިއީ ބިރު ދެއްކުމަށް ހިންގާ ކަމެއް ކަމަށާއި، އެހެން ނަމަވެސް އެއްވެސް ބިރެއް ނުދެއްކޭނެ ކަމަށެވެ.

 

https://twitter.com/AhmedHailam/status/1274754637355077632

ހައިލަމްގެ މައްޗަށްކޮށްފައިވާ ތުހުމަތުގައި ބުނެފައިވަނީ 2014/10 (މަނީ ލޯންޑްރިން އަދި ޓެރަރިޒަމް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނު) ގެ ދަށުން ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓް (އެމްއެމްއޭ) ލިބިފައިވާ މުއާމަލާތްތަކުގެ ރިޕޯޓުތައް ބެލިބެލުމުގައި ދިވެހި ރާއްޖޭގެ ކްރިމިނަލް ކޯޓިގެ އިސް ގާޟީ އަހުމަދު ހައިލްމްއަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރެއްކަމަށްވާ އަލްހާން ފެ ފަރާތުން 19 މޭއި 2020 ގައި 200،000 (ދެ ލައްކަ ރުފިޔާ) ގެ މުއާމަލާތެއް ހިނގާފައިވާކަމަށް ފާހަގަކުރެވި އެކަން އެ އިދާރާގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި އެ މުއާމަލާތަކީ މަނީ ލޯންޑްރިންއަށް ތުހުމަތު ކުރެވޭ ގޮތަށް ހިނގާފައިވާ މުއާމަލާތެއްކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ކުރެވޭ ތުހުމަތުގެ ހުލާސާގައި ބުނެފައިވަނީ އެ މައްސަލައިގައި ލިބިފައިވާ މައުލޫމާތުތަކަށް ރިއާޔަތް ކުރުމުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަން ހައިލަން ފުރުއްވިއިރު، އެ މަގާމުގައި ހުރެގެން ވިޔަފާރި ކުރިކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

ހައިލަމް ފުލުސް އޮފީހަށް ހާޒިރުވާން އެނގުމާއި ގުޅިގެން އަލްހާން ވެސް ވަނީ ޓްވީޓު ކުރައްވާފައެވެ. އަލްހާން ވަނީ ޓްވީޓު ކުރައްވާ ”އަޅުގަނޑު އެއްލި އެންކޮޅު ކާލައިފި! މި ފަހަރު ގޮހޮރު ފަޅައިގެން ނުގޮސިއްޔާ ރަނގަޅުވާނެ“ ކަމަށް ވިދާޅުވެފައެވެ.

https://twitter.com/AlhanFahmy/status/1274760526392782848

މީގެ އިތުރުން މި މައްސަލައިގައި، ހައިލަމް ކުރެއްވި ޓްވީޓު ރީޓްވީޓު ކުރައްވާ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ ވިދާޅުވީ މިއީ މުޅިން ވެސް ބޭކާރު ވާހަކަތައް ކަމަށެވެ. ޑރ. ދީދީ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ ”ނޮންސެންސް“ މިހެންނެވެ.

https://twitter.com/AABDULLADIDI/status/1274757464622170112

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: