ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19 އަށް އިތުރު 14 މީހަކު ޕޮޒިޓިވްވެ، 10 މީހަކު ރަނގަޅުވެއްޖެ

ފޮޓޯ:ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށް އިތުރު 14 މީހަކު ޕޮޒިޓިވްވެ، 10 މީހަކު ރަނގަޅުވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ( އެޗްޕީއޭ)އިން ބުނެފިއެވެ.

ހޯމަދުވަހުގެރޭ އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނީ، އާދިއްތަ ދުވަހުގެ 18:00 އިން، ހޯމަދުވަހުގެ ހަވީރު 18:00 އަށް، ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 14 މީހަކު ޕޮޒިޓިވްވެފައިވާކަމަށެވެ. މީގެ އިތުރުން 10 މީހަކު ރަނގަޅުވެފައިވާކަމަށް ވެސް އެޗްޕީއޭއިންވަނީ ރިޕޯޓްކޮށްފައެވެ.   

މި ގޮތުން ޕޮޒިޓިވްވި މީހުންގެތެރޭގައި ހިމެނެނީ، 08 ދިވެއްސެއްގެ އިތުރުން، ބަންގްލަދޭޝްގެ 03 މީހުންނާއި، އިންޑިއާގެ 02 މީހުންނާއި، ލަންކާ މީހެކެވެ.

https://twitter.com/HPA_MV/status/1275111389435006976?s=19

މި 29 މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާތަނަށް މިވަނީ 2217 އަށް އަރާފައެވެ. އަދި ރަނގަޅުވި މީހުންގެ އަދަދު 1813 އަށް އަރާފައިވާއިރު، ފަރުވާ ހޯދަމުން އަންނަނީ 391 މީހެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: