ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީފާ ގެއްލުނު މީޙުންގެ ހައްގުގައި ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު. ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާއި ގުޅިގެން ވަޒީފާ ގެއްލިފައިވާ ޒުވާނުންނަށް، ސަރުކާރުން ހައްލެއް ހޯދައިދިނުމަށް އެދި  ގޮވާލައްވައި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ 10 ވަނަ ޖަލްސާގައި ޖާބިރު ހުށަހެޅުއްވި މައްސަލަ މަޖިލީޙުން ބަލައިގަންނަން ވޯޓު ދެއްވާފައިވަނީ އެންމެ މެންބަރެކެވެ. ނުފެންނަކަމަށް 27 މެންބަރަކު ވޯޓުދެއްވިއިރު، ވަކިކޮޅަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު ހިމެނެެއެވެ.

ޖާބިރު މިއަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގައި، ރާއްޖޭގެ ސިނާޢަތްތަކުގައި ވަޒީފާ އަދާކުރަމުންއައި އެތައް ހާސް ބައެއްގެ ވަޒީފާ، ޚާއްސަ ގޮތެއްގައި ރިސޯޓު ދާއިރާގެ ވަޒީފާ ގެއްލި، މަސައްކަތެއް ނުކުރެވި ގޮތަށް، ދެ މަހަށްވުރެ ގިނައިން ތިބެންޖެހުމުގެ ސަބަބުން ރައްޔިތުންނަށް ލިބެމުންދިޔަ އާމްދަނީ ހުއްޓި، އެތައް ޢާއިލާތަކެއް ބިކަހާލުގައި އުޅެން ޖެހިފައިވާކަމަށް ބަޔާންކުރައްވާފައިވެއެވެ.

މި ކަންތައް މިގޮތަށް މެދުވެރިވެފައިވަނީ، ކޮވިޑް-19 އި ގެ ސަބަބުން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ދޯހަޅިކަމުން ކަމަށާއި، އެ ފަދަ މީހުންނަށް ހައްލެއް ހޯދައިދޭންޖެހޭކަމަށް ވެސް  ބަޔާންކުރައްވާފައިވެއެވެ. އަދި އެ ފަދަ މީހުންނަށް ހައްލެއް ހޯދައިދޭންޖެހޭކަމަށް ވިދާޅުވެ ޖާބިރުވަނީ މައިގަނޑު ދެކަމެއް ފާހަގަކުރައްވާފައެވެ.

ޖާބިރު ވަނީ، ރާއްޖޭގެ އެންމެހާ ސިނާޢަތްތަކުގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަނެވެންދެން ނުވަތަ ވަޒީފާ އަދާކޮށްގެން އާމްދަނީއެއް ލިބެން ފެށުމާއިހަމައަށް އެ ފަދަ ފަރާތްތަކަށް ސަރުކާރުން އިނާޔަތް ދެމުން ގެންދިއުމުގެ އިންތިޒާމުތައް، މި ހިނދުން މިހިނދަށް ހަމަޖެއްސުމަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ރިބައުންޑް ކުރަން ބޭނުންވާ ރިސޯސަސް މިހާރުން މިހާރަށް ޤާއިމުކޮށްދިނުމަށާއި، އެކަމަށްޓަކައި ބިއުރޯއެއް އުފައްދަވައި ރާއްޖޭގެ ރައްޔިތުންނަށް ކޮވިޑް-19 އިގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތައް ހައްލު  ކޮށްދިނުމުގެ މަސައްކަތް މިހިނދުން މި ހިނދަށް ފައްޓަވައި އެ ކަންކަން ހައްލު ކޮށްދެއްވަން ވެސް ޖާބިރުވަނީ ގޮވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: