ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރޮފެޝަނަލްކޮށް ޣައިރު ޤާނޫނީ އެއްވުންތައް ރޫޅާލެވޭނެ ބަޔަކަށް ފުލުހުން ހަދާނަން: ހޯމް މިނިސްޓަރު

ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އާާއި، ސީޕީ މުޙައްމަދު ޙަމީދު. ފައިލްފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮފެޝަނަލްކޮށް ޣައިރު ޤާނޫނީ އެއްވުންތައް ރޫޅާލެވޭނެ ޤާބިލުކަން ހުރިބަޔަކަށް ފުލުހުން ހައްދަވާނެކަމަށް ހޯމް މިނިސްޓަރު އައްޝައިޚު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވާ އިމްރާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންސާނީ ކަރާމާތަށް އިސްކަންދީގެން، ޕްރޮފެޝަނަލްކޮށް ޣައިރު ޤާނޫނީ އެއްވުންތައް ރޫޅާލެވޭނެ ޤާބިލުކަން ފުލުހުންގެ ކިބައިގައި ހުންނަތަން ދެކެވަޑައިގަންނަވަން ބޭނުންވެވަޑއިގަންނަވާކަމަށެވެ.

މި ގޮތުން، ފުލުހުންނަށް ދެވޭ ތަޢުލީމާއި ތަމްރީނުތަކުގެތެރެއިން ކުރިއަށް އޮތް ތަނުގައި އެކަން ކަށަވަރުކުރައްވާނެކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

https://twitter.com/ShimranAb/status/1275321029322145793?s=19

މިނިސްޓަރު އިމްރާނު މިހެން ވިދާޅުވެފައި މިވަނީ، ފުލުހުންގެ ޢަމަލުތައް ހުންނަގޮތާމެދު ސޯޝަލްމީޑިއާގައި ކަންބޮޑުވުން ފާޅުކޮށް، ފުލުހުންނަށާއި، ސަރުކާރަށް ފާޑުކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ. މި ގޮތުން، ވާތުފިޔައިގެ ސިޔާސީ ހަރަކާތެއްކަމަށްވާ ”ނަވާނަވައި“ އިން އިއްޔެ މަޖިލިސްކައިރިއަށް އެއްވެ އިހުތިޖާޖުކުރަމުން ދަނިކޮށް، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން އެ ކަމަށް ހުރަސްއަޅައި އެއްވުން ރޫޅާލާފައެވެ.

މިކަމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވަނީ، ފުލުހުންގެ އެ އަމަލުތައް ކުށްވެރިކުރައްވައި ވާހަކަދައްކަވާފައެވެ. ސިރާޖު ވިދާޅުވީ، ”‏އޭރުވެސް މިހާރުވެސް އަހަރެން މިކަމާ ދެކޮޅު“ ކަމަށެވެ. އަދި ޚިޔާލުފާޅުކުރަން ނިކުތީމާ އެކަމަށް ހުރަސްއަޅައިގެން ނުވާނެ“ ކަމަށް ވެސް ސިރާޖު ވިދާޅުވިއެވެ. މީގެ އިތުރުން، ”ބާރުގެ ބޭނުން ކުރަންޖެހޭނީ ބާރުގެ ބޭނުން ހިފަންޖެހޭ ހާލަތު އުފެދިފަ އޮންނަ ހާލަތުގަ އެކަނި“ ކަމަށް ވެސް ސިރާޖު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: