ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ޒިންމާދާރު ކުރަން މަގު މައްޗަށް ނިކުތުމުގެ ހިއްވަރު އެބަހުރި: ޑރ. ވަހީދު

ފުރައްސާ ކުރިކަމަށް ވިދާޅުވުމަށްފަހު، ޖެހިގެން އައި ދުވަހު ވެސް އުސްފަސްގަނޑު ސަރަހައްދަށް ރައީސް ވަހީދު ވަޑައިގެންނެވި ވަގުުތު/ ފޮޓޯ: ވަގުތު އިމޭޖަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޯލިޝަނުން މަގުމަތީ ހަރަކާތްތައް ފަށައިފިނަމަ މަގުމައްޗަށް ވެސް ނިކުންނަން ތައްޔާރަށް ހުންނެވިކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެކްޓިވިސްޓެއްގެ ފަރާތުން ފުރައްސާރަ އާއި ކުރިމަތިވީކަމަށް ވިދާޅުވެ ޓްވީޓު ކުރެއްވުމަށްފަހު އަހްފާތާއެއް ހާ ދުވަސް ވަންދެން މީޑިއާތަކުގެ ފަލަ ސުރުހީން ޖާގަ ހޯއްދެވުމަށްފަހު ރޭ ރައީސް ވަހީދު ވަނީ ޕީޕީއެމްގެ ހަރަކާތެއްގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އެއީ ރައީސް ވަހީދަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އެޑްވައިޒަރުގެ މަގާމު އެރުވުމަށް ބޭއްވި ރަސްމިއްޔާތެވެ. މިވީ ހަފްތާއެއް ހާ ދުވަހުގެ ތެރޭގައި ޑރ. ވަހީދު މީޑިއާތަކުގެ ފަލަ ސުރުހީތަކުން ޖާގަ ހޯއްދެވިއިރު މަޖިލީހުން ވެސް އެ ހަފްތާ ދުއްވާލީ ބަޣާވާތައި ގުޅިގެން ފާޑުކިއުމާއި އަދި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔަ ގޮތް ތަހުގީގުކުރުމަށް ގޮވާލުމުގެ ތެރެއުންނެވެ.

އިދިކޮޅު ކޯލިޝަނުން ދަނީ ކުރިޔަށް އޮތް ތަނުގައި މަގުމަތީ ހަރަކާތްތައް ބޭއްވުމަށް ރާވަމުންނެވެ. ކޮވިޑާއި ގުޅިގެން އެ ހަރާކާތްތައް މަޑުޖައްސާފައި ބޭއްވުމަށްފަހު އިދިކޮޅުން ވަނީ ދާދިފަހުން އޮންލައިންކޮށް ވެސް ބައެއް މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ޕީޕީއެމްގެ އެޑްވައިޒަރެއްގެ ގޮތުގައި ކަނަޑައެޅި އެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ވަހީދު ވިދާޅުވީ އޭނާ އަކީ ”ވަރަށް ބާރަށް ހިންގަވާ ބޭފުޅެއް“ ކަމަށެވެ. އެހެން ކަމުން މަގުމައްޗަށް ނިކުންނަން ޖެހިއްޖެނަމަ އެކަން ކުރެވޭނެހާ ހިއްވަރު އެބަހުރިކަމަށް ވިދާޅުވިއެވެ.

”އަޅުގަނޑަކީ މިއީ ވަރަށް ބާރަށް ހިނގާ މީހެއް. އެހެންވީމަ އަދިވެސް އިރާދަކުރެއްވިއްޔާ މަގުމައްޗަށް ވެސް ނިކުންނަން ޖެހިއްޖެއްޔާ، މަގުމައްޗަށް ވެސް ނިކުމެވޭނެ“ ރައީސް ވަހީދު

ސަރުކާރަށް ވެސް ބަހުގެ ހަމަލާތައް ރައްދު ކުރައްވާ ރައީސް ވަހީދު ވިދާޅުވީ ގައުމަށްޓަކާ އުފުލާ އަޑުތަކުގެ އަޑު މަޑުވެފައިވާ ކަމަށެވެ. ނަމަވެސް މިއީ ގޯސް ކަންތަކާއި ދެކޮޅަށް އަޑުއުފުލަން ވީ ވަގުތުގެ ގޮތުގައި އޭނާ ވިދާޅުވިއެވެ. ރައީސް ވަހީދު ވިދާޅުވީ މި ސަރުކާރުގެ އަމަލުތައް ހުރީ ބޭނުން ގޮތަކަށް ކަމަށާއި، ސަރުކާރު ހިންގަނީ ބޭނުން ބަޔަކަށް ”ބައި އަޅައިގެން“ ކަމަށެވެ. ސަރުކާރަށް ރައްޔިތުންގެ ހާލުގެ އަޑު ނީވޭކަމަށް ވިދާޅުވެ ޑރ. ވަހީދު ވަނީ ސަރުކާރު ޒިންމާދާރު ކުރުމުގައި ކޮންމެ މަސައްކަތެއް ވެސް ކުރުމަށް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ.

ރައީސް ވަހީދު ވިދާޅުވީ، ކުޑަކުދިންނަށް ކުރާ އަނިޔާތައް ދަނީ އިތުރުވަމުން ކަމަށެވެ. ކޮވިޑުގެ ތެރޭގައި އަނިޔާގެ އެތައް މައްސަލައެއް ފެންމަތިވެގެން އައިއިރު ކަމާއި ބެހޭ މުވައްސަސާތައް އެ މައްސަލަތައް ބަލާ ތަހުގީގު ކުރުމަށް ނުކުޅެފިފައިވާ ކަމަށެވެ.

 ”އެކި ފަރާތް ފަރާތަށް ބައި އެޅެމުންދާ ތަން އެބަ ފެނޭ. މި ކޮވިޑުގެ ދުވަސްވަރު ހާއްސަކޮށް ގެވެށި އަނިޔާ އިތުރުވެ، ކުޑަކުދިންނަށް ލިބޭ އަނިޔާތައް އިތުރުވަމުން އެދަނީ. މިއިން ކޮންމެ ކަމަކީ އަޅުގަނޑުމެން އަޑުއުފުލަން ޖެހޭ ކަންތައްތައް. އަދި ހަމަ ހުރިހާ ދިމާއަކުން މި ފެންނަނީ ރައްޔިތުން ބިކަ ހާލުގައި ޖެހެމުންދާ ތަން. މި އަޑުތައް އެބަޖެހޭ އިއްވަން“ ރައީސް ވަހީދު

ރައީސް ވަހީދު ވިދާޅުވީ އިދިކޮޅަކީ ޒިންމާދާރުކަމާއި އެކު ކުރިޔަށް ދާނެ ޕާޓީއަކަށް ވާނެކަމަށެވެ. އަދި އުންމީދަކީ ޕާޓީގެ ފަރާތުން އެންމެ ނިކަމެތި ރައްޔިތު މީހާގެ ވެސް ހާލު ބެލުން ކަމަށާއި ގައުމަކަށް ހެޔޮ ބަދަލެއް ގެނައުމުގެ އަމާޒު ގެންގުޅޭ ބައެއްގެ މިސްރާބަކީ ވެސް އެއީ ކަމުގައި ރައީސް ވަހީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް ރަޝީދުގެ ނައިބަކަށް ހުންނެވުމަށްފަހު، ވެރިކަން ބަދަލުވުމުން ވެރިކަމާއި ހަވާލުވެވަޑައިގަތީ ރައީސް ވަހީދެވެ. އެއަށްފަހު އެ ދައުރު ނިމި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި ނަމަވެސް ރައީސް ވަހީދަށް ލިބިވަޑައިގަތީ އެންމެ 05 އިންސައްތަ ވޯޓެވެ.

އަމިއްލަ ޕާޓީ އުވާލެއްވުމަށްފަހު ރައީސް ވަހީދު އޭގެ ފަހުން ޕީޕީއެމާއި ގުޅިވަޑައިގެތެވެ. އެހެން ނަމަވެސް ފުރައްސާރަ ކުރި މައްސަލައާއި ހަމައަށް އަދި އެޑްވައިޒަރުގެ މަގާމު ވެސް ދިނުމާއި ހަމައަށް ޕީޕީއެމްގެ އެއްވެސް ހަރަކާތަކުން ރައީސް ވަހީދު ފެނިފައި ނުވެއެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ސިޔާސީ އެއްވެސް މަސައްކަތެއް އެމަނިކުފާނު ނުކުރައްވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: