ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް ޢަބްދުﷲ ޝަރީފު، ޢައްޔަން ކުރައްވައިފި

ފޮޓޯ:ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް ޢަބްދުﷲ ޝަރީފު، ޢައްޔަން ކުރައްވައިފިއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްކަމުގެ ލިޔުން ޢަބްދުﷲ ޝަރީފާއި ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ‏

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް ޢަބްދުﷲ ޝަރީފު، ޢައްޔަން ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައިކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ. ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްކަމުގެ މަޤާމާއިހަވާލުވުމުގެ ކުރިން ޢަބްދުﷲ ޝަރީފް ހުންނެވީ ކަސްޓަމްސް ސަރވިސްގެ ޑެޕިއުޓީ ކޮމިޝަނަރ ކަމުގެ މަޤާމުގައެވެ.

ކަސްޓަމްސްގެ އެންމެ އިސްވެރިޔާގެ މަޤާމަށް،  ޢަބްދުﷲ ޝަރީފް ޢައްޔަންކުރައްވާފައި މިވަނީ، މާޗްމަހުގެ 31 ވަނަ ދުވަހުގެރޭ، އެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުންއައި އަޙްމަދު ނުއުމާން ނިޔާވުމާއި ގުޅިގެންނެވެ. ނުއުމާން ނިޔާވި ހިސާބުން ފެށިގެން ޢަބްދުﷲ ޝަރީފް ވަނީ ފާއިތުވެ ދެތިންމަހެއްހައި ދުވަހު ވަގުތީގޮތުން ކަސްޓަމްސްގެ ހިންގަވައިދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: