ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުލައިމަހުގައި ސަރުކާރުގެ އޮފީސްތަކާއި، ސައިހޮޓާތަކާއި ކެފޭ، ރެސްޓޯރަންޓްތައް ހުޅުވައިލަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ ޖުލައިމަހުގައި ސަރުކާރުގެ އޮފީސްތަކާއި، ސައިހޮޓާތަކާއި ކެފޭ، ރެސްޓޯރަންޓްތައް ހުޅުވައިލުމަށް ތައްޔާރުވަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރންގެ ބައްދަލުވުމުގައި ނޫސްވެރިންނާއި މަޢުލޫމާތު ހިއްސާކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ، ޖުލައިމަހުގައި ސަރުކާރުގެ އޮފީސްތަކާއި، ސައިހޮޓާތަކާއި، ކެފޭއާއި، ރެސްޓޯރަންޓްތައް ހުޅުވައިލުމަށް ތައްޔާރުވަމުން ގެންދަވާކަމަށެވެ.

 

”‏މިކުރެވުނު މަސައްކަތާ އެކު އަންނަ ޖުލައި މަހު ސަރުކާރުގެ އޮފީސްތަކާއި، ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓްތައް ހުޅުވައިލުމަށް މިއަންނަނީ ތައްޔާރުވަމުން. އަދި މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުމާއި ސްކޫލްތައް ހުޅުވުމުގެ އުޞޫލުތަކުގެ ދަށުން ހަމަޖެހިގެންދާނެ“ ރައީސް ޞާލިޙް

މީގެ އިތުރުން ރައީސް ވިދާޅުވީ، މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުމާއި،  މަދަރުސާތައް ވެސް ހުޅުވުމަށް އުސޫލުތަކުގެ ދަށުން ހަމަޖެހިގެންދާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: