ކ.މާފުށީގެ ބިން ހިއްކުމުގެ މަޝްރޫޢު ނިމިފައިވާކަމަށް އެމްޓީސީސީން މިއަދު ބުނެފިއެވެ.
މާފުށީގެ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ، ހުސްވި އަހަރުގެ އޯގަސްޓު 27 ވަނަ ދުވަހުއެވެ.
99.98 މިލިއަން ރުފިޔާ ޚާރަދުވާނެކަމަށް އެމްޓީސީސީން ބުނެފައިވާ މި މަޝްރޫއުގެ ދަށުން ވަނީ 25 ހެކްޓަރުގެ ބިން ހިއްކާފައެވެ. މި ބިމަކީ މާފުއްޓަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަން ހައްލު ކުރުމަށްގޮތުން ހިއްކާފައިވާ ބިމެކެވެ. އަލަށް ހިއްކައި ނިމުނު މި ބިމާއި މާފުށްޓާއި ކޯޒަވޭއަކުން ގުޅުވާލެވޭނެކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބިންހިއްކުމުގެ މަސައްކަތް ނިންމާލާފައިވާއިރު، އެ ބިމުގެ ގޮނޑުދޮށް ހިމާޔާތްކުރަންޖެހޭ އެންމެހައި މަސައްކަތްތައް އަންނަ ބުރާސްފަތި ދުވަހު ފަށާނެކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

