ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19 އަށް އިތުރު 22 މީހަކު ޕޮޒިޓިވްވެއްޖެ

ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށް އިތުރު 22 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓކްޝަން އެޖެންސީން ރިޕޯޓުކުރިގޮތުގައި، އަންގާރަ ދުވަހުގެ ހަވީރު 18:00 އިން ފެށިގެން، ބުދަ ދުވަހުގެ ހަވީރު 18:00 އާއި ހަމައަށް ރާއްޖެއިން ކޮވިޑަށް އިތުރު 22 މީހަކު ޕޮޒިޓިވްވެ ޖުމްލަ ޢަދަދު 2،260 އަށް އިތުރުވެފައިވާކަމަށެވެ. އެޗްޕީއޭއިން ހާމަކުރި ގޮތުގައި ޕޮޒިޓިވްވެފައިވަނީ، ދިވެހި 8 މީހުންނާއި، ބަންގްލަދޭޝްގެ 13 މީހުންގެ އިތުރުން އިންޑިއާ މީހެކެވެ.

މީގެ އިތުރުން އެޗްޕީއޭއިން ރިޕޯޓުކުރި ގޮތުގައި ބައްޔަށް ފަރުވާ ހޯދަމުންއައި މީހުންގެތެރެއިން، އިތުރު 10 މީހަކު ވަނީ ރަނގަޅުވެ، ޖުމްލަ ޢަދަދުވަނީ 1839 އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުނުފަހުން މިހާތަނަށް 795 ދިވެއްސަކު ޕޮޒިޓިވްވެފައިވާއިރު، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންގެތެރެއިން 1،176 މީހަކު ވެސް ވައިރަހަށް ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން އިންޑިއާގެ 211 މީހަކު ޕޮޒިޓިވްވެފައިވާއިރު، ނޭޕާލުގެ 43 މީހަކާއި، ސްރީލަންކާގެ 13 މީހަކާއި، އިޓަލީގެ 11 މީހެއްގެ އިތުރުން ޕާކިސްތާނުގެ 3 މީހަކު ވެސް ހިމެނެއެވެ. ހަމައެއާއެކު ވަކި ޤައުމެއް ބަޔާންކޮށްފައިނުވާ 9 މީހުން ހިމެނޭކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: