ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްޔަރުގައި ބެހެއްޓޭނެ ސަބަބެއް ނެތުމުން ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުވާ ބަޔަކު ދޫކޮށްފި

ދެ އަހަރުގެ ކުއްޖާ ރޭޕް ކުރި މައްސަލައިގައި އޭރު މާލެ ތެރޭގައި ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުން ދޫކޮށްލައިފިއެވެ.

ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކޮށްގެން އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އިއްޔެ ފަތިހުގެ ވަގުތެއްގައެވެ. މައްސަލައާއި ގުޅިގެން 39 އަހަރުގެ ދިވެހި ދެ ފިރިހެނުން ފުލުހުން ހައްޔަރުކުރިއެވެ.

ތުހުމަތުވާ ދެ މީހުންގެ ބަންދާއި މެދު އަޕްޑޭޓެއް ދިނުމަށް ނޫސްވެރިއަކު އެދުމުން، ނޫސްވެރިންގެ ގްރޫޕުގައި ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ އެ ދެ މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެއީ ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް މައްސަލައިގެ ތަހުގީގު ކުރިޔަށްދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އަހަރުގެ ކުރީކޮޅު ދެކުނުގެ ރަށެއްގައި ދެ އަހަރު ނުފުރޭ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާއި އެކު މިފަދަ އެތައް މައްސަލައެއް ފުލުފުލުގައި ފެންމަތިވެގެން އައެވެ. އަދި ގިނަ މައްސަލަތަކީ ތަހުގީގީ އިދާރާތްތަކަށް ހުށަހެޅުމުން ވެސް ކުރިޔަށް ނުގެންގޮސްވަނިކޮށް، މީޑިއާތަކާއި ސޯޝަލް މީޑިއާއިން ފެންމަތިކޮށްލި ކޭސްތަކެވެ. އަދި އެތައް މައްސަލައެއް ވަނީ ތަހުގީގު ނުކުރެވި ފުނިޖެހިފައެވެ.

ޖިންސީ ގޯނާގެ ކުށުގައި ހައްޔަރު ކުރެވޭ މީހުންނާއި މެދު ފިޔަވަޅު ނޭޅޭ މައްސަލައިގައި އާއްމުންގެ ނުރުހުން އިތުރުވަމުން އަންނައިރު ފާއިތުވީ މަހެއް ހާ ދުވަހުގެ ތެރޭގައި އަނެއްކާ ވެސް ޖިންސީ އަނިޔާގެ މައްސަލަތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. މިފަދަ މައްސަލަތަކުގައި ކުއްޖާގެ އާއިލާގެ ޒިންމާދާރު މަގާމުތަކުގައި ތިބި މީހުންވެސް ހައްޔަރުކޮށްފައިވެއެވެ.

އޭރު މަޖިލީހުގެ ކޮމިޓީތައް ވެސް ބާރު ސްޕީޑެއްގައި މަސައްކަތް ފެށިއެވެ. އަދި ކަމާއި ބެހޭ އިދާރާތަކާއި މަސްއޫލިއްޔަތުތައް ވެސް ހަވާލު ކުރިއެވެ. ނަމަވެސް ފަހުން އެކަމުގެ މާބޮޑު އަޕްޑޭޓެއް ނުލިބެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލައިގައި ދައުލަތުގެ މުވައްސަސާތައް ޒިންމާދާރުވެ، މި ފަދަކަންކަމުގައި ޝާމިލުވާ މީހުންނަށް ވީހާވެސް ހަރުކަށި އަދަބު ދިނުމަށް އާއްމުންދަނީ ގޮވާލަމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: