ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19 އަށް 6 މީހަކު ޕޮޒިޓިވްވެ އިތުރު 15 މީހަކު ރަނގަޅުވެއްޖެ

ފޮޓޯ:އެޑިޝަން އެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށް 6 މީހަކު ޕޮޒިޓިވްވެ އިތުރު 15 މީހަކު ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހުކުރު ދުވަހު ރޭ ރިޕޯޓުކޮށްފައިވާ ގޮތުގައި، ކޮވިޑް-19 އަށް އިތުރު 6 މީހަކު ޕޮޒިޓިވްވެ، ބަލިޖެހުނު މީހުންގެ ޖުމްލް ޢަދަދު ވަނީ 2،283 އަށް އަރާފައެވެ.

މީގެ އިތުރުން، ކޮވިޑަށް ފަރުވާހޯދަމުން އަންނަ މީހުންގެތެރެއިން އިތުރު 15 މީހަކު ރަނގަޅުވެ ޖުމްލަ ޢަދަދު 1،863 އަށް އިތުރުވެފައިވާކަމަށް ވެސް އެޗްޕީއޭއިން ރިޕޯޓުކޮށްފައިވެއެވެ.

އެޗްޕީއޭއިން ހާމަކުރި ގޮތުގައި އެންމެފަހުން ޕޮޒިޓިވްވި 6 މީހުންގެތެރޭގައި ހިމެނެނީ، 3 ދިވެއްސެއްގެ އިތުރުން ބަންގްލަދޭޝްގެ 3 މީހެއްކަމަށެވެ. މި ގޮތުން ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެތެރޭގައި، 804 ދިވެހިންނާއި، ބަންގްލަދޭޝްގެ 1،189 މީހަކު ހިމެނެއެވެ.

އެޗްޕީއޭގެ އަޕްޑޭޓުތަކުން ދައްކާގޮތުން ކަރަންޓީނު ފެސިލިޓީތަކުގައި 219 މީހުން މިހާރު ތިބިއިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި 312 މީހުން އެބަތިބިއެވެ.

ކޮވިޑް-19 ރާއްޖެއިން މިހާތަނަށް 2،283 މީހަކު ޕޮޒިޓީވްވެފައިވާއިރު، އޭގެތެރޭގައި 16 އަހަރުންދަށުގެ 128 ކުޑަކުދިން ހިމެނޭކަމަށާއި، މުޅިދުނިޔޭގެ ނިސްބަތުން އެންމެ ގިނަ ކުޑަކުދިންނަށް މި ބަލި ޖެހުނު ޤައުމަކީ ދިވެހިރާއްޖެކަމަށް ވެދާނެކަމަށް ކުޑަކުދިންނާއި ބެހޭ ޚާއްސަ ޑޮކްޓަރު އަޙްމަދު ފައިޞަލް މިއަދު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ކުޑަކުދިންގެ ހާލަތު އެންމެ ރަނގަޅު އެއް ޤައުމަކީ ރާއްޖެކަމަށް ވެސް ޑރ.ފައިޞަލް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: