ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުލައިގެ ނިޔަލަށް، މުއްދަތު ހަމަވެފައިވާ އައިޑީކާޑުން ހިދުމަތް ހޯދޭނެ!

ޖުލައިގެ ނިޔަލަށް، މުއްދަތު ހަމަވެފައިވާ އައިޑީކާޑުން ހިދުމަތް ހޯދޭނެ!
ޝެއާރކޮށްލާ ކަހަލަދޯ؟

އައިޑީކާޑު ގެއްލިފައި ނުވަތަ، މުއްދަތު ހަމަވެފައި ވިޔަސް، ކާކު ކަން އަންގައިދޭނެ ލިޔުމަކާއެކު ހިދުމަތް ދެވޭނެ ކަމަށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ހާމަކޮށްފިއެވެ.

ކޮވިޑުގެ ސަބަބުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ދަށުން، އައިޑީކާޑުގެ ހިދުމަތް ވަނީ ކަނޑާލާފައެވެ. ބައެއް ކާޑުތަކުގެ މުއްދަތުހަމަވުމާއި ގުޅިގެން އެކަން ސޯޝަލް މީޑިއާގައި ހިއްސާކުރަމުން އަންނާތީ އެ އިދާރާއިން ބުނެފައިވަނީ، މުއްދަތު ހަމަވެފައިވީ ނަމަވެސް ޖުލައި މަހުގެ ނިޔަލަށް އެ ކާޑުތަކަށް ހިދުމަތް ދޭނެ ކަމަށެވެ.

އެންމެ ފުރަތަމަ ޑީއެންއާރުއިން ނިންމީ ޖޫން މަހުގެ ނިޔަލަށް މުއްދަތު ހަމަވެފައިވީ ނަމަވެސް އެ ކާޑުތަކަށް ހިދުމަތް ދިނުމަށެވެ. ޑީއެންއާރުން މިއަދު ގެޒެޓު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ އެންގުމުގެ މުއްދަތު ޖުލައި މަހުގެ 31 ދުވަހުގެ ނިޔަލަަށް އިތުރުކޮށްފައިވާ ކަަމަށެވެ. އަދި އަލަށް އުފަންވާ ކުއްޖެއް ނަމަ ނުވަތަ އައިޑީކާޑު ގެއްލިފައިވާނަމަ ނޫނީ މުއްދަތު ހަމަވެފައިވާނަމަ، އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓު އާއި ޑްރައިވިން ލައިސެންސް އަދި މުއްދަތު ހަމަވީ އައިޑީކާޑު ބޭނުންކޮށްގެން ވިޔަސް މި މުއްދަަތުގައި ހިދުމަތް ލިބޭނެ ކަމަށް ޑީއެންއާރުއިން ވަނީ ބުނެފައެވެ.

މި ގޮތަށް، ކާކުކަން އެނގޭ ލިޔުމަކާއެކު ހިިދުމަތް ދިނުމަށް އަންގާފައިވަނީ އަންނަ މަހުގެ ނިޔަލަށް ކަމަށް ހިދުމަތް ދޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: