ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

16 އަހަރުގެ ކުއްޖާ ރޭޕް ކުރި މައްސަލައިގެ ތުހުމަތުވާ މީހާގެ މައްޗަށް ހަތަރު ދައުވާއެއް!

16 Aharuge kujja rape kuri massalaige thu'humathu va Unais ge macha hatharu dhauvaa eh!
ޝެއާރކޮށްލާ ކަހަލަދޯ؟

އުމުރުން 16 އަހަރުގެ ކުއްޖަކާ ރައްޓެހިވެ އެ ކުއްޖާގެ އާއިލާ އަށް އޮޅުވާލައިގެން، އެ ކުއްޖާ ޑޮކްޓަރަށް ދައްކަން ކަމަށް ބުނެ މާލެ ގެނެސް އެ ކުއްޖާ އަށް ޖިންސީ ގޯނާކޮށް ކުއްޖާގެ އާއިލާގެ އަތުން ފައިސާ އަތުލި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ މައްޗަށް ހަތަރު ދައުވާއެއް އުފުލާފައިވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބ. ތުޅާދޫ، އުނައިސް އަހުމަދުއެވެ.

ޕީޖީގެ ފަރާތުން އެ ކޭސްއާއި ގުޅޭ މައުލޫމާތު ހިއްސާކޮށް ބުނެފައިވަނީ އުނައިސް ވަނީ ޝަހުސު އޮޅުވާލައިގެން 16 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ރައްޓެހިވެ، އެ ކުއްޖާގެ ބައްޕަގެ އަތުން މަކަރާ ޙީލަތުން ފައިސާ ހޯދާފައި ކަމަށެވެ. އަދި އެކުއްޖާ ޑޮކްޓަރަށް ދައްކަން ކަމަށް ބުނެ މިދިޔަ މަހުގެ 27 ވަނަ ދުވަހު މާލެ ގެނެސް ޖިންސީ ގުޅުން ހިންގުމަށް ހިތްވަރުދީ ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.

ޕީޖީން ބުނެފައިވަނީ އުނައިސްގެ މައްޗަށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ ދަށުން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ އާއި، ގާނޫނުލްއުގޫބާތުގެ 312 ވަނަ މާއްދާގެ ދަށުން ޝަހްސު އޮޅުވާލުމުގެ ކުށުގެ ދައުވާ އާއި، ގާނޫނުލްއުގޫބާތުގެ 212 ވަނަ މާއްދާގެ ދަށުން މަކަރާއި ހީލަތްހެދުމުގެ ކުށުގެ ދައުވާ އާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 122 ވަނަ މާއްދާގެ ދަށުން ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ކަމަށެވެ.

އުނެއިސްގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރެއިން، އޭނާގެ މައްޗަށް ކުޑަކުއްޖެގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެ ގަސްތުގައި އަތްލުމުގެ ކުށް ސާބިތުވެއްވެއްޖެނަމަ އޭނާގެ މައްޗަށް 10-14 އަހަރާއި ދެމެދުގެ ހުކުމެއް އަންނާނެއެވެ. އަދި ޝަހުސު އޮޅުވާލުމުގެ ދައުވާ ސާބިތުވެއްޖެނަމަ އެއީ 09 މަހާއި 18 ދުވަހުގެ ހުކުމެކެވެ. މީގެ އިތުރުން މަކަރާއި ހީލަތް ހެދުމުގެ ދައުވާއިން ވެސް އޭނާގެ މައްޗަށް 09 މަހުގެ ހުކުމެއް އަންނާނެއެވެ.

މި މައްސަލައިގައި އުނެއިސް ހައްޔަރު ކުރުމަށްފަހު އެންމެ ފުރަތަމަ ދޫކޮށްލިއެވެ. ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު އުނެއިސް ދޫކޮށްލީ އޭނާއާ ދެކޮޅަށް ހެކި ހުއްޓަސް، އެއީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބޮޑެތި ކުށްތައް ބަޔާންކުރާ ލިސްޓުގައި ހިމެނޭ ކުށަކަށް ނުވާތީ ކަމަށް ބުނެ އެވެ. އެކަމާއި ގުޅިގެން އާއްމުންގެ ފާޑުކިޔުން ފުލުހުންނާއި ކޯޓަށް ވަރަށް ބޮޑަށް އަމާޒުވިއެވެ.

ހައިކޯޓުން މިފަހުން ކަނޑައަޅާފައިވާ ގޮތުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ބޮޑެތި ކުށްތައް ފިޔަވައި އެހެން ކުށްތަކުގެ ތުހުމަތަށް ހައްޔަރު ކުރާ މީހުން، 15 ދުވަހަށްވުރެ އިތުރަށް ބަންދު ކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫންނެވެ. ޖިންސީ ކުށްތައް ބޮޑެތި ކުށްތަކުގެ ތެރޭގައި ނުހިމެނެ އެވެ. އޭރު އުނެއިސް ބަންދުން ދޫކޮށްލީ 15 ދުވަސް ބަންދުގައި ހޭދަ ކޮށްފައިވާތީ އެ ގާނޫނުގެ ދަށުން އެ މީހާ އިތުރަށް ބަންދުގައި ނުބެހެއްޓޭނެތީއެވެ.

ފާޑުކިޔުންތައް އަމާޒުވަމުންދަނިކޮށް އުނެއިސް އަލުން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކުރީ އޭގެ ޖެހިގެން އައި ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: