ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަފާރީ ރޭޕްކޭސް: ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި ދެ ދިވެއްސަކު ވެގެން ބިދޭސީ އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މިދިޔަ ހުކުރު ދުވަހު ރޭ ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.

ނަޝީދުގެ ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައިވަނީ އެ މައްސަލަ ތަހުގީގުކުރުމުގައި ސިޔާސީ ގޮތުން ބާރުވެރި ފަރާތްތަކެއްގެ ނުފޫޒު ފޯރަމުންދާ ކަމަށެވެ. އަދި މިނިވަންކަމާއެކު އެ މައްސަލަ ތަހުގީގު ކުރެވިދާނެ ކަމަށް ނުބެލެވޭ ކަމަށާއި  ބިދޭސީ އަންހެން މީހާ ރޭޕްކުރި މައްސަލަ ރަނގަޅަށް ތަހުގީގު ކުރުމަށް ގޮވާލައްވާ ކަމަށެވެ.

ރޭޕް މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހަކު ކުށުގެ ވެށިން ހައްޔަރު ކުރުމަށްފަހު ފުލުހުން އަމަލުކޮށްފައިވާ ގޮތުން، ރޭޕްގެ ޝިކާރާއަކަށްވި ފަރާތުގެ ހައްގުތަކަށް އުނިކަމެއް އައިސްފައިވާ ކަމަށް ބެލެވޭ ކަމަށް ނަޝީދު ހުށަހެޅުއްވި މައްސަލައިގައިވެއެވެ.

ނަޝީދު ވިދާޅުވީ މި ފަދަ ކަންކަން ތަކުރާރުވަމުން އަންނަނީ ދައުލަތާއި ސަރުކާރުގެ މުއައްސަސާތަކުގެ އިހުމާލުތަކެއް އޮވެގެން ކަމަށެވެ. އަދި އެކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި މިހާރުން މިހާރަށް ވެސް މުހިންމު ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލަ މަޖިލީހަށް ހާޒިރުވެވަޑައިގެން ތިއްބެވި މެމްބަރުންގެ ތެރެއިން 35 މެމްބަރުންގެ ވޯޓުން ބަހުސް ކުރަން ވަނީ ފާސްވެފަ އެވެ.

މިދިޔަ ހުކުރު ދުވަހު ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލައިގައި، ހައްޔަރު ކުރި ދެ މީހުން ދޫކޮށްލުމުން މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އަދި ސޯޝަލް މީޑިއާގައި އަޑުތައް ފެތުރޭގޮތުން ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކު އެއީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާންގެ ފިރިމީހާއެވެ. ނަމަވެސް މިހާތަނަށް އެފަދަ އެއްވެސް ވާހަކައެއް ފުލުހުން މެދުވެރިކޮށް ވެސް ވަނީ ޔަގީން ކުރެވޭ ގޮތް ނުވެފައެވެ.

ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނެއް ރޭޕް ކުރި މައްސަލައިގައި، ހައްޔަރު ކުރި ދެ މީހުން ދޫވެ މައްސަލަ ހޫނުވެފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީން އެކަން ބެލުމަށް ވަނީ ނިންމާފައެވެ.

ރޭޕްގެ ތުހުމަތުގައި ހައްޔަރު ކުރި އުމުރުން 39 އަހަރުގެ ދެ ފިރިހެނުން ވަނީ އެ މީހުން ހައްޔަރު ކުރި ދުވަހު ދޫކޮށްލާފައެވެ. އަދި އޭގެ ސަބަބެއްގެ ގޮތުގައި ފުލުހުން ބުނެފައިވަނީ އެ މީހުން ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން ކަމަށް ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: