ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރުގެ ފުރަތަމަ 06 މަސް ދުވަހުގައި، 465 އަޑުއެހުމަކަށް ހާޒިރުވެ ވަކާލާތުކޮށްފައިވާނެ : އޭޖީ އޮފީސް

އެޓާރނީ ޖެނެރަލް އިބްރާހިމް ރިފްޢަތު. ފޮޓޯ: އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ފުރަތަމަ 06 މަސް ދުވަހުގެތެރޭގައި، 465 އަޑުއެހުމަކަށް ހާޒިރުވެ ވަކާލާތުކޮށްފައިވާކަމަށް އެޓާރނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އެޓާރނީ ޖެނެރަލްގެ އޮފީހުން ޢާންމުކުރި ތަފާސް ހިސާބުތަކުގައިވާގޮތުން، އެ އޮފީހުންވަނީ މި އަހަރުގެ ޖެނުއަރީމަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް، 126 މައްސަލައެއްގައި 465 އަޑުއެހުމަކަށް ހާޒިރުވެ ވަކާލާތުކޮށްފައެވެ. އޭޖީ އޮފީހުން ހާމަކުރިގޮތުގައި، އެއީ އެ އޮފީހުން ދަޢުވާކުރި 60 މައްސަލައިގެ އިތުރުން، ދަޢުލަތަށް ރައްދުވާ 66 މައްސަލައެކެވެ.

އެޓާރނީ ޖެނެރަލްގެ އޮފީހުން ހާމަކުރި ގޮތުގައި، މި އަހަރުގެ ފުރަތަމަ 06 މަސްދުވަހުތެރޭގައި، އެންމެ ގިނައިން އަޑުއެހުންތަކަށް ހާޒިރުވެފައިވަނީ ޖަނަވަރީ މަހުގައެވެ. ޖެނުއަރީ މަހުގައި އެ އޮފީހުން 143 އަޑުއެހުމަކަށް ހާޒިރުވެފައިވާއިރު، ކޮވިޑް-19 އިގެ ސަބަބުން މާޗުމަހުގެ މެދުތެރެއިން ފެށިގެން އަޑުއެހުންތަކަށް ހާޒިރުވުމުގައި މަޑުޖެހުންތަކެއް އައިކަމަށެވެ. މި ގޮތުން، އޭޖީ އޮފީހުން އޭޕްރީލް މަހުގައި 5 އަޑުއެހުމަކަށް ހާޒިރުވެފައިވާއިރު، މެއިމަހުގައި ހާޒިރުވެވިފައިވަނީ އެންމެ އަޑުއެހުމަކަށެވެ.

އެޓާރނީ ޖެނެރަލްގެ އޮފީހުން، މި އަހަރުގެ ފުރަތަމަ 06 މަސް ދުވަހުގައި ދަޢުވާކުރި 60 މައްސަލައިގެތެރެއިން، އެންމެ ގިނައިން ދަޢުވާ ހުށަހަޅާފައިވަނީ ސިވިލް ކޯޓުގައިކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މި ގޮތުން ސިވިލްކޯޓަށް 32 މައްސަލައެއްގައި ދަޢުވާ ހުށަހަޅާފައިވާއިރު، ފެމިލީ ކޯޓަށް ހުށަހެޅި 14 މައްސަލައަކާއި، ހައިކޯޓަށް ހުށަހެޅި 3 މައްސަލައެއްގެ އިތުރުން، ސްޕްރީމް ކޯޓަށް އެއް މައްސަލައެއްގެ ދަޢުވާ ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން މި އަހަރުގެ ފުރަތަމަ 06 މަހުގައި ދައުލަތަށް ރައްދުވާ 66 މައްސަލައިގެތެރެއިން، 46 މައްސަލައަކީ، ސިވިލް ކޯޓުގައި ކުރިއަށްދިޔަ މައްސަލަތަކެވެ. ހަމައެއާއެކު ހައިކޯޓުގައި ކުރިއަށްދިޔަ 11 މައްސަލައަކާއި، މެޖިސްޓްރޭޓް ކޯޓުތަކުގައި ކުރިއަށްދިޔަ 07 މައްސަލައެއްގެ އިތުރުން ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގައި 2 މައްސަލައެއް ކުރިއަށްދިޔަކަމަށް ތަފާސް ހިސާބުގައި ބުނެފައިވެއެވެ.

މި އަހަރުގެ ފުރަތަމަ 06 މަސް ދުވަހުގެތެރޭގައި، 465 އަޑުއެހުމަކަށް ހާޒިރުވެ އޭޖީ އޮފީހުން ވަކާލާތުކޮށްފައިވާއިރު، ފާއިތުވެދިޔަ 06 މަހަކީ، ހުރިހައި ގޮތަކުންވެސް ދަތި އުނދަގޫ ދުވަސްވަރެއްކަމަށާއި، މަސައްކަތްތައް އާ ގޮތްތަކަކަށް ބައްޓަންކުރަންޖެހުނުކަމަށް އެޓާރނީ ޖެނެރަލް އިބްރާހިމް ރިފްޢަތުވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ރިފްޢަތުވަނީ، ޤާނޫނީ ލަފާ ދިނުމާއި، މައްސަލަތަކާއި ގުޅިގެން މުވައްޒަފުން ރެޔާދުވާލު ކުރި އިޚްލާސްތެރި މަސައްކަތްތަކަށް ޝުކުރާއި ތަޢުރީފު ހައްޤުކަމަށް ވެސް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: