ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: އައިޖީއެމްއެޗުގެ އިތުރު މުވައްޒަފަކު ޕޮޒިޓިވްވެ، ޖުމްލަ ޢަދަދު 04 އަށް

ބަލި މީހންނަށް ފަރުވާދެނީ ދަރުމަވަންތަ ހޮސްޕިޓަލުގައި. ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗުން ކޮވިޑް-19 އަށް އިތުރު މުވައްޒަފަކު ޕޮޒިޓިވްވެ، އެ ހޮސްޕިޓަލުން މި ބައްޔަށް ޕޮޒިޓިވްވީ މުވައްޒަފުންގެ ޢަދަދު 04 އަށް އަރައިފިއެވެ.

ހުކުރުދުވަހު އައިޖީއެމްއެޗުން ހާމަކުރިގޮތުގައި އެ ހޮސްޕިޓަލުގެ 03 މުވައްޒަފެއްގެ އިތުރުން، އައިސީޔޫގައި ތިބި ބަލިމީހުންގެތެރެއިން 02 މީހަކު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ.

އައިޖީއެމްއެޗުން ހާމަކުރިގޮތުގައި، އެ ހޮސްޕިޓަލުގެ 04 މުވައްޒަފެއްގެ އިތުރުން، އައިސީޔޫގައި ތިބި ބަލިމީހުންގެތެރެއިން، 02 މީހަކު ޕޮޒިޓިވްވެފައިވައިވަނީ، އެ ހޮސްޕިޓަލުގެ އައިސީޔޫގައި އޮތް ބަލިމީހަކު ކޮވިޑް-19 އަށް ޕޮޒިޓީވްވުމާއި ގުޅިގެންނެވެ. އައިޖީއެމްއެޗުން ހާމަކުރިގޮތުގައި ކޮވިޑް-19 އަށް ފުރަތަމަ ޕޮޒިޓިވްވެފައިވަނީ، ކެންސަރަށް ފަރުވާދެމުން ދަނިކޮށް ނިޔާބި 39 އަހަރުގެ އިންޑޮނޭޝިއާ މީހެކެވެ.

އައިޖީއެމްއެޗުގެ އިތުރު މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމާއެކު އެ ހޮސްޕިޓަލުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، އައިސީޔޫއާއި، އޮޕަރޭޗަން ތިއޭޓަރުގެ ޑޮކްޓަރުންނާއި ނަރުހުން އަދި ކޮންޓެކްޓް ޓްރޭސިންއިން ފާހަގަވި އެހެނިހެން މުވައްޒަފުން ޓެސްޓުކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށެވެ. އަދި މިހާތަނަށް ޕޮޒިޓިވްވެފައިވަނީ ޖުމްލަ 04 މުވައްޒަފުންކަމަށާއި، މިހާތަނަށް ޓެސްޓުކުރި އިތުރު މުވައްޒަފުންގެ ޓެސްޓުތައް ނެގެޓިވްވެފައިވާކަމަށެވެ.

އައިޖީއެމްއެޗުން ބުނީ ޕޮޒިޓިވްވި މީހުން މިހާރު ޑީއެޗް 11 އަށް ބަދަލުކުރެވިފައިވާއިރު، އެ ހުރިހައި އެންމެންގެވެސް ހާލު ރަނގަޅުކަމަށާއި، މުވައްޒަފުންގެ ހާލު ވެސް ރަނގަޅުކަމަށެވެ. އައިޖީއެމްއެޗުން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެްގެގޮތުން އެ ހޮސްޕިޓަލުގެ އައިސީޔޫއަށް ބަލިމީހުން ވެއްދުން މިހަރު މަޑުޖައްސާލާފައިވާކަމަށާއި، އައިސީޔޫއިން ދޭންޖެހޭ ފަރުވާގެ ކަންތައްތައް އެ ހޮސްޕިޓަލުގެ އެހެން ތަންތަނުން ހަމަޖައްސާފައިވާކަމަށެވެ. 

އަދި އޭގެ އިތުރުން އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ ބަލިމީހުން ކޮވިޑަށް ޓޭސްޓުކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ހުރިހައި ބަލިމީހުން ވެސް ކޮވިޑަށް ޓެސްޓުކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް އައިޖީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް ބަލިމީހެއްގެ ފުރާނަ ސަލާމަތްކުރަންޖެހޭފަދަ އިމަރޖެންސީ ހާލަތެއްގައި ކޮވިޑް-19 އިގެ ނަތީޖާ ލިބެންދެން މަޑުނުކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ދޭންޖެހޭ ފަރުވާދޭނެކަމުގެ ޔަޤީންކަންދޭކަމަށް ވެސް އައިޖީއެމްއެޗުން ބުނެފައިވެއެވެ. އަދި ހަމައެއާއެކު އިތުރަށް ބަލަންޖެހޭ ކަންކަމާއި، އިސްލާހުކުރަންޖެހޭ ކަމެއް އޮތްތޯބަލައި، އެ ކަންކަން އިސްލާހުކުރަންޖެހޭ މަސައްކަތްތައް އަބަދުވެސް ކުރަމުންދާނެކަމަށް ވެސް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

އައިޖީއެމްއެޗުން ބުނީ، ބަލިމީހަކު އެޑްމިޓްކުރާއިރު ނުވަތަ އެޑްމިޓްކުރުމަށްފަހު  އެކި މަރުހަލާތަކުގައި ކޮވިޑަށް ޓެސްޓުކުރިނަމަވެސް، މާލެ ތެރޭގައި އަދިވެސް ކޮމިއުނިޓީ ސްޕްރެޑެއްް އޮތުމުންނާއި، ހޮސްޕިޓަލަށް މީހުން ވަދެނިކުމެހަދަންޖެހޭތީ މި ބަލީގެ ޒާތުން، ފުރަތަމަ ހަދާ ޓެސްޓުން ބަލިމީހާ ނެގެޓިވްވިނަމަވެސް ފަހުން ވެސް ބައްޔަށް ޕޮޒިޓިވްވުމުގެ ފުރުސަތު އޮންނާނެކަމަށެވެ. މި ގޮތުން މި ފުރުސަތު ކުޑަކުރުމަށްޓަކައި، އެ ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތުގައި ބަލިމީހުންނަށް ޒިޔާރަތްކުރުމާއި، އެނޫން ކަންކަމުގައިވެސް އުސޫލުތަކާއި އެއްގޮތަށް ޢަމަލުކޮށް ޢާންމު ރައްޔިތުންގެ އެއްބާރުލުން މި ކަމުގައި ބޭނުންވާކަމަށް އައިޖީއެމްއެޗުންވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: