ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިންސީ ގޯނާގެ މައްސަލައެއްގައި ހެކި މަދުވެ ދައުވާ ނުކުރެވޭނަމަ، ގާނޫނަށް ބަދަލުތަކެއް ގެންނަން ޖެހޭ: ފެމިލީ ލީގަލް ކްލިނިކް

ޝެއާރކޮށްލާ ކަހަލަދޯ؟

ތަހުގީގުކޮށް ނިމި ދައުވާ ކުރުމުގެ މަރުހަލާއާއި ހަމައަށް އައިސްފައިވާ މައްސަލަތަކަށް ދައުވާ ކުރުމަކީ ގިންސީ ގޯނާ އާއި ރޭޕްފަދަ އަނިޔާވެރި ހާދިސާތައް ތަހައްމަލް ކުރާ ފަރާތްތައް އިންސާފާއި ހަމައަށް ވާސިލްކޮށްދޭނެ ހަމައެކަނި ގޮތްކަމަށް ފެމިލީ ލީގަލް ކްލިނިކް އިން ބުނެފިއެވެ.

އެ ޖަމިއްޔާއިން މި ބަޔާން ނެރެފައިވަނީ، މަޝްހޫރު ފިލްމީތަރި ޖުމައްޔިލް ނިމާލްގެ މައްޗަށް ޖިންސީ ގޯނާގެ ދައުވާ ކުރެވިފައިނުވަނީ އެކަށީގެންވާ ހެކި ނެތުމުންކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވަނިކޮށެވެ.

2016 ވަނަ އަހަރުގެ ތެރޭގައި ކުޑަކުއްޖަކަށް ޖުމައްޔިލް ޖިންސީ ގޯނާ ކުރި މައްސަލައިގައި ދައުވާ ކުރުމަށް ކޯޓަށް ފޮނުވާފައި ނުވެއެވެ. މައްސަލަ ކޯޓަށް ފޮނުވާފައިނުވަނީ ދައުވާ ސާބިތު ކުރުމަށް ބޭނުންވާ ވަރަށް ހެކި ނެތްކަމަށް ބުނެއެވެ. އުމުރުން 17 އަހަރުގައި ދެބެއިންގެދަރި ކޮއްކޮއަށް ޖިންސީ ގޯނާ ކުރި މައްސަލައިގި އިންސާފު ލިބިފައިނުވަނީ ބާރުގަދަ ނުފޫޒު އޮތް ބައެއްގެ ސަބަބުން ކަމަށް ރޭޕްގެ ޝިކާރައަކަށް ވީ ކުއްޖާ ވަނީ ތުހުމަތުކޮށްފައެވެ.

ޖުމައްޔިލްގެ މައްޗަށް އެ މައްސަލައާއި އެކު ކޯޓުގައި އޮރިޔާން ކާޑު ގެންގުޅުނުކަމުގެ ދައުވާ ކުރިއެވެ.

ޖުމައްޔިލްގެ މައްސަލަ ސޯޝަލް މީޑިއާގައި ފެންމަތިވުމުން، ޖުމައްޔިލްގެ ބައްޕަ އަދި ފިލްމީ ތަރި އަހުމަދު ނިމާލް ވަނީ އެއީ ”އައުޓް ޑޭޓަޑް“ ވާހަކައެއްކަމަށް ބުނެ ވާހަކަ ދައްކާފައެވެ. އަދި މިއީ ރޭޕްގެ ސީޒަނެއް ކަމަށާއި، މިފަދަ ވާހަކަތައް ފެންމަތި ކުރާނެކަން ކުރިންވެސް އެނގޭ ކަމަށް ބުންޏެވެ.

ޖުމައްޔިލްގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ގޮތުގެ ވާހަކަ އެ އަންހެން ކުއްޖާ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އަދި އެއަށްފަހު ވެސް ޖުމައްޔިލް އެ ކުއްޖާއަށް މެސެޖުކޮށް ހަދާފައިވާކަމަށް ވެސް ބުނެފައިވެއެވެ.

މައްސަލައިގައި އިންސާފު ލިބިފައިނުވާއިރު، ފެމިލީ ލީގަލް އެއިޑް ކްލިނިކްއިން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ މިއީ އެ ޖަމިއްޔާގެ ފަރާތުން ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

https://twitter.com/FLCmv/status/1279088919368228864

އެފްއެލްސީން ބުނެފައިވަނީ އެކި އެކި ޖިންސީ އަނިޔާ އާއި ޖިންސޯ ފުރައްސާރައިގެ މައްސަލަތަކަކީ ދިވެހި ރާއްޖޭގައި އާއްމުވެފައިވާ މައްސަލަތަކެއް ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި އާއްމުކޮށް ކުރިމަތިވަނީ އާއިލާގެ މީހެއްގެ ފަރާތުން ނުވަތަ އިތުބާރު ކުރެވޭ މަގާމެއްގައި ހުންނަ މީހެއްގެ ފަރާތުން ނުވަތަ މައްސަލަތަކުގެ މާހައުލުންކަމަށެވެ.

މައްސަލަތައް އާއްމުވެފައިވާ މިންވަރަށް ބަލައި، މި މައްސަލަތައް ރިޕޯޓު ކުރެވޭ މިންވަރު ނިސްބަތުން މަދުކަމަށްވާއިރު، ރިޕޯޓު ކުރެވޭ މައްސަލަތަކުގައި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އަދުލު އިންސާފާއި ހަމައަށް ވާސިލްވެވެން ޖެހޭނެ ކަމާއި އަދި އެކަން ކުރުމަށްޓަކައި އަވަސްކަމާއި އެކު ތަހުގީގު ކުރުމުގެ މަސައްކަތްތައް ފެއްޓެންޖެހޭނެ ކަމަށް ފެމިލީ ލީގަލް ކްލިނިކުން ވަނީ ބުނެފައެވެ. މައްސަލަތަކުގައި ދައުވާ ކުރެވެން އޮތް ނަމަ ދައުވާކޮށް ޝަރުއީ މަރުހަލާގައި މި މައްސަލަތައް ކުރިޔަށް ގެންގޮސް އަނިޔާގެ އަމަލު ކުރާ މީހާއާއި ހަމައަށް ގާނޫނުގެ ބާރު ހިނގަން ޖެހޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ގާނޫނުގެ ކުރިމަތީގައި އެއްވެސް ފަރާތެއް އިސްތިސްނުވާނޭ ގޮތެއްގެ މަތީން ހައްގު އަދަބު ލިބޭތަން އާއްމުންނަށް ފެންނަން ޖެހޭނެކަން އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުން ފެމިލީ ލީގަލް ކްލިނިކްއިން ބުނެފައިވަނީ ހަވާލާދެވިފައިވާ މިފަދަ މައްސަލަތަކުގައި، ތަހުގީގުކޮށް ނިމި ދައުވާ ކުރުމުގެ މަރުހަލާއާއި ހަމައަށް އައިސްފައިވާ މައްސަލަތަކަށް ދައުވާ ކުރުމަކީ މިފަދަ އަނިޔާވެރި ހާދިސާތައް ތަހައްމަލް ކުރާ ފަރާތްތައް އިންސާފާއި ހަމައަށް ވާސިލްކޮށްދޭނެ ހަމައެކަނި ގޮތް ކަމަށެވެ. އަދި މައްސަލަތަކުގައި ގާނޫނީ ގޮތުން ފިޔަވަޅު އެޅޭނެކަން އެންގުމާއި އެކަން އާއްމުންނަށް ފެނުމަކީ މިފަދަ އަނުޔާ ލިބޭ ފަރާތްތަކަށް އަނިޔާގެ ވާހަކަތައް ރިޕޯޓު ކުރުމަށް ހިތްވަރު ލިބިގެންދާނެ ކަމެއްގެ ގޮތުގައި ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

ފެމިލީ ލީގަލް ކްލިނިކުން ބުނެފައިވަނީ މި ސަބަބުތަކާއި ގުޅިގެން ޕީޖީގެ އޮފީހުން މީގެ ކުރިން ނިންމާފައިވާ މިފަދަ މައްސަލަތައް އަލުން މުރާޖައާކޮށް، މައްސަލަތަކަށް އިތުރު އިސްކަމެއް ދީގެން ދިރާސާކޮށް ދެއްވުމަށް އެދޭ ކަމަށެވެ. ދައުވާއެއް ސާބުތު ކުރެވޭ ވަރަށް ހެކި ނެތްނަމަ އެކަންކަން އިސްލާހު ކުރުމަށް ގާނޫނީ ހައްލު ބޭނުންވެއްޖެ ހާލަތެއްގައި ގާނޫނީ ގޮތުން ޖަމިއްޔާއަށް ދެވެން އޮތް އެހީތެރިކަމެއް ދޭން ތައްޔާރަށް އޮތް ކަމަށް ވެސް ފެމިލީ ލީގަލް ކްލިނިކުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: