ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޮޑަމުއްލާ އާއި ގުޅުމެއް ނެތް، އެ ނަން ކިޔާ ރަށެއް އޮންނަކަން އެނގުނީ ވެސް ޝަރީއަތުގެ ތެރެއިން: ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ހުކުމް ކުރުމުގެ ކުރިން އިދިކޮޅުން ބޭއްވި ޖަލްސާއެއްގެ ތެރެއިން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވޮޑަމުއްލާއާއި ގުޅުން އޮތީ ކޮން ބަޔަކާއި ކަން މައްސަލަ ބެލި ފުލުހުންނަށް އެނގޭނެ ކަމަށާއި، އެ ނަން ކިޔާ ރަށެއް އޮންނަކަން ވެސް އެނގިވަޑައިތަކީ ކްރިމިނަލް ކޯޓުގައި ކުރިޔަށްގެންދިޔަ ޝަރީއަތުގެ މަޖިލީހުގެ ތެރެއިން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ވެރިކަމުގައި ހުންނަވައިގެން މަނީ ލޯންޑާރ ކުރެއްވިކަމުގެ ކުށުގައި ފަސް އަހަރަށް ޖަލަށް ލުމަށް ރައީސް ޔާމީންގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ ފަސް އަހަރުގެ ހުކުމް ހައިކޯޓަށް ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފުކޮށްފައިވާއިރު، ކަފާލާތުގެ ދަށުން މިނިވަން ކުރެވެން ނެތް ކަމާއި އަދި ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައިކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ހުކުމް ރިވިއުކޮށްދިނުމަށް އެދި ހުށަހެޅުމުން ކޯޓުން ވަނީ ހުކުމް މުރާޖައާ ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ނިންމާފައެވެ. ގިނަ އަދަދެއްގެ ފައިސާ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ މައްސަލައިގައި ރައީސް ޔާމީނާއި ސުވާލު ކުރުމަށް އެކި ފަހަރުމަތީން ފުލުސް އޮފީހަށް ވެސް ހާޒިރު ކުރިއެވެ. “ކެމްޕޭނަށް” ހޯއްދެވި ފައިސާއާއި ގުޅޭ ތަފްސީލު ހޯދުމަށް ފުލުސް އޮފީހަށް ހާޒިރު ކުރުމަށްފަހު ފުލުހުން އެންމެފަހުން ރައީސް ޔަމީންގެ ނަމުގައި ހުރި އެކައުންޓުތައް ފްރީޒް ވެސް ކުރިއެވެ.

ހައިކޯޓުގައި ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީނަށް ދިން ފުރުސަތުގައި އެމަކިނުފާނު ވިދާޅުވީ، ބައެއް އިހުސާސްތަކެއް އެބަހުރި ކަމަށާއި އެ ވާހަކަތައް ޝަރީއަތާއި ހިއްސާ ކުރުމަށް ބޭނުންފުޅު ވާ ކަމަށެވެ. މި ވޭތުވެ ދިޔަ މުއްދަތުގެ ތެރޭގައި، ދިމާވި ހާލަތްތަކުގެ ސަބަބުން ވަކީލުންނާއި ބައްދަލު ކުރުމަށް އެއްވެސް ފުރުސަތެއް ލިބިފައިނުވާކަމުގެ ކަންބޮޑުވުންފާޅު ކުރައްވާ ރައީސް ޔާމީން ވިދާޅުވީ ވަކީލުންނާއި ބައްދަލުވަނީ 10 މިނެޓުގެ ފޯނު ކޯލަކުން ކަމަށެވެ. އަދި ވަކީލުންނާއި ސީދާ ބައްދަލުވެ އެ މަނިކުފާނު ވެސް ހިއްސާ ކުރަން ބޭނުންވާ ބައެއް ގާނޫނީ ކަންކަން ހިއްސާ ކުރުމަށް ފުރުސަތު ލިބިވަޑައި ނުގަންނަވާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، 10 މިނެޓަކީ އެންމެ އެކަށީގެންވާ ވަގުތެއް ނޫން ކަމަށާއި، އެންމެ ފަރާތަކާއި ވާހަކަ ދެކެވޭއިރު އެކަކު އަނެކަކާއި ވާހަކަ ދެކެވުމުން އިހުސާސްތައް ބުނެދޭން ވެސް ފަސޭހަ ވާނެ ކަމަށެވެ.

މިއަދުގެ ޝަރީއަތުގައި އޮތީ ދެ ފަރާތުން ވެސް ވާހަކަ ދެއްކުމެވެ. އެގޮތުން ދައުލަތުގެ ފަރާތުން ދެއްކެވި ވާހަކަތަކާއި ގުޅިގެން ރައީސް ޔަމީން ވިދާޅުވީ މުޅި މައްސަލަ ބިނާވެފައިވަނީ ވެރިކަން ބަދަލުވުމަށްފަހު އޭސީސީގެ ކުރީގެ ރައީސް މުއައްވިޒް ރަޝީދު ފުލުހަށް ފޮނުވި ސިޓީއެއްގެ މައްޗަށް ކަމަށެވެ. އަދި މައްސަލަ އެންމެ ފުރަތަމަ ފެށިގެން އައި ހިސާބަކީ ވެސް އެއީ ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ މައްޗަށް ފަސް މިލިއަން ޑޮލަރު ލިބުނު ކަމަށް ބުނާއިރު އެއީ ކޮންތާކުން ކިހިނެއް ހޯދި ފައިސާއެއްކަން ބުނެދެވިފައި ނުވާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، އެ ފައިސާއަކީ ވޮޑަމުއްލާގެ ފައިސާއެއްކަމަށް ބުނާއިރު އެ ނަން ކިޔާ ރަށެއް އޮންނަކަން ވެސް އެމަނިކުފާނަށް އެނގިވަޑައިގަތީ ޝަރީއަތުގެ މަޖިލީހުގެ ތެރެއިންނެވެ. އެހެން ކަމުން އޭގެއިން ވެސް އެމަނިކުފާނާއި ވޮޑަމުއްލާއާއި އެއްވެސް ގުޅުމެއް ނެތްކަން ވަރަށް ސާފުކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. މިއީ އެއްވެސް އަސާސެއްގެ މައްޗަށް ކުރާ ތުހުމަތުތަކެއް ނޫން ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ މައްސަލައިގެ ތަހުގީގުގައި އުޅުނު ފުލުހުންނަށް މި ރަށް ލިބިފައި އޮތީ ކޮން ބަޔަކަށް ކަން ވަރަށް ސާފުކޮށް އެނގޭނެ ކަމަށެވެ. އަދި ވޮޑަމުއްލާއާއި ގުޅުން އޮތީ ވެސް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި އޭނާގެ ގާތް ދެ އެކުވެރިންނާއި ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ ފިނިފެންމާ ލޯންޗުކޮޅު ގޮއްވާލި ހާދިސާއާއި ގުޅޭގޮތުން ވާހަކަ ދައްކަވާ، އަދީބުގެ އަތުގައި ހުރި ފައިސާ ބޭނުންވީ އެ ސަބަބާއި ހުރެ ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: