ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯކަލް ކައުންސިލް އިންތިޚާބު: ކެންޑިޑޭޓަކު ނިޔާވެ، އިތުރު 04 ކެންޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފި

އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް. ފޮޓޯ: އެޑިޝަން އެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެތެރެއިން ކެންޑިޑޭޓަކު ނިޔާވެ، އިތުރު 04 ކެންޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފިއެވެ.

އިލެކްޝަން ކޮމިޝަނުން ބުދަދުވަހު ބުނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ހދ. ހަނިމާދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑީގެ މެންބަރުކަމަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ކުރިމަތިލާފައިވާ ކެންޑިޑޭޓް، ހދ. ހަނިމާދޫ ފިޔާތޮށިގޭ ޙުސްނުބާން ޢަބްދުއްރަޙްމާން ގެ ނަން ކެންޑިޑޭޓުންގެ ލިސްޓުން އުނިކޮށްފައިވާކަމަށެވެ.

މީގެ އިތުރުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ނަން އަނބުރާ ގެންދަން ހުޅުވައިލި ފުރުސަތުގެ ދަށުން، އިތުރު 04 ކެންޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފައިވާކަމަށް ވެސް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައިވެއެވެ. މި ގޮތުން ނަން އަނބުރާ ގެންގޮސްފައިވަނީ، ށ.މިލަންދޫ ކައުންސިލްގެ ރައީސްކަމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލާފައިވާ ކެންޑިޑޭޓް، ށ،މިލަންދޫ ނަސީމީވިލާ އިބްރާހީމް ސާއިލް އާއި، ނ. މަގޫދޫ ކައުންސިލްގެ ރައީސްކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް) ގެ ފަރާތުން ކުރިމަތިލާފައިވާ ކެންޑިޑޭޓް، ނ.މަގޫދޫ/ވެލިދޫގޭ ސަޢުދު މުޙައްމަދާއި، ނ. ފޮއްދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތިލާފައިވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް) ގެ ފަރާތުން ކުރިމަތިލާފައިވާ ކެންޑިޑޭޓް، ނ. ފޮއްދޫ ސޯސަންވިލާ ޙަލީމަތު ފިޢުނާ އާއި، ހދ. ނޭކުރެންދޫ ކައުންސިލްގެ މެންބަރުކަމަށް އަމިއްލަގޮތުން ކުރިމަތިލާފައިވާ ކެންޑިޑޭޓް، ހދ. ނޭކުރެންދޫ އިވްނިންގހައުސް އަޙްމަދު ޢާޞިފް ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފައިވެއެވެ.

ހުސްވި ޖޫން މަހުގެ 23 ވަނަ ދުވަހު ފުރުސަތުގެ ދަށުން މިހާތަނަށް މިހާތަނަށް ޖުމްލަ 16 ކެންޑިިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ. މި ގޮތުން އަމިއްލަގޮތުން ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެތެރެއިން، މީގެ ކުރިން ނަން އަނބުރާ ގެންގޮސްފައިވާ ކެންޑިޑެޓުންގެތެރޭގައި، ތ.ވަންދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްސަކުރެވިފައިވާ ދެ ގޮނޑިއަށް ކުރިމަތިލާފައިވާ، ތ.ވަންދޫ ދަނބުގޭ އާމިނަތު ޝިފާނާއާއި، ލ.މާވަށު ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާފައިވާ ލ.މާވަށު އެންދެރިމާގޭ ޢަބްދުލްމަޖީދު މާހިރާއި، ގއ.ކޮނޑޭ ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތިލާފައިވާ، ގއ.ކޮނޑޭ ދޯދި، ފާޠިމަތު ސައިގާ ޚާލިދު ހިމެނެއެވެ.

އޭގެ އިތުރުން އަމިއްލަ ގޮތުން ބ.ހިތާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ ބ.ހިތާދޫ ވައިޖެހޭގެ، ޢަމްނާ ޙުސައިންގެ ނަމާއި، ހއ.މޮޅަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ ހއ.މޮޅަދޫ ލުމިނަސް، ޒަހީނާ ޢަބްދުއްރަޝީދުގެ ނަން އަނބުރާ ގެންގޮސްފައިވާކަމަށް ވެސް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.

އިލެކްޝަން ކޮމިޝަނުން ހާމަކުރިގޮތުގައި، އެމްޑީޕީގެ ފަރާތުން ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެތެރެއިން ނަން އަނބުރާ ގެންގޮސްފައިވަނީ، 05 ކެންޑިޑޭޓެކެވެ.

އޭގެތެރޭގައި، ލ.ކަލައިދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތިލާފައިވާ، ލ.ކަލައިދޫ ހެޕީރޯޒް، މަރްޔަމް ޢާޠިރާ އާއި، ހއ.މުރައިދޫ ކައުންސިލުގެ އަންހެނުންނަށް ޚައްސަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތިލާފައިވާ، ހއ.މުރައިދޫ ހިޔަލީގޭ މިޢުނާ ޙަސަން އާއި، ހއ.އުލިގަމު ކައުންސިލުގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތިލާފައިވާ، ހއ.އުލިގަމު ނޫކޮކާގޭ، ނިޢުމާ އަބޫބަކުރު ހިމެނެއެވެ.

މީގެ އިތުރުން އެމްޑީޕީގެ ފަރާތުން ކުރިމަތިލި ކެންޑިޑޭޓުންގެތެރެއިން ނަން އަނބުރާ ގެންގޮސްފައިވާ ކެންޑިޑޭޓުންނަކީ، އއ.ބޮޑުފުޅަދޫ ކައުންސިލު މެންބަރުކަމަށް ކުރިމަތިލާފައިވާ އއ.ބޮޑުފުޅަދޫ ދެތަނޑިމާގޭ، ޙަސަން ނާފިޢުގެ އިތުރުން، ނ.މާޅެންދޫ ކައުންސިލުގެ މެންބަރުކަމަށް ކުރިމަތިލާފައިވާ، ނ.މާޅެންދޫ ރިސާދުގޭ މުޙައްމަދު ރަޝީދުކަމަށް ވެސް އިލެކްޝަން ކޮމިޝަނުން ބުނެފައިވެއެވެ.

އިލެކްޝަން ކޮމިޝަނުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، ޕީޕީއެމްގެ ޓިކެޓުގައި ކުރިމަތިލާފައިވާ މެންބަރުންގެތެރެއިން މީގެކުރިން ނަން އަނބުރާ ގެންގޮސްފައިވަނީ ށ.މަރޮށީ ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތިލާފައިވާ، ށ.މަރޮށީ ދުންފިނިގެ، ނަސްފާ މުޙައްމަދު ސަޢީދު އެކަނިކަމަށެވެ. ނަމަވެސް ފަހުން ނަން އނަބުރާ ގެންދިޔަ ދެ ކެންޑިޑޭޓުންނާއެކު މިހާތަނަށް ޖުމްލަ 03 ކެންޑިޑޭޓެއްގެ ނަން އަނބުރާ ވަނީ ގެންގޮސްފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ފަސްކުރެވުނު ލޯކަލް ކައުންސިލް އިންތިޚާބު 2021 ވަނަ އަހަރުގެ މާޗުމަހުގައި ބޭއްވުމުގެ މަޝްވާރާތައް ކުރަމުންއަންނަކަމަށް ޖޫންމަހުގެ 21 ވަނަދުވަހުގައި އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އިންތިޚާބު ބޭއްވުމަށް ވަކި ތާރީޚެއް އަދި ކަނޑައެޅިފައިނުވާކަމަށް ވެސް ޝަރީފްވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: