ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުތަކުގެތެރެއިން ފުދޭ ހަމައެކަނި ވަޢުދަކީ، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ހުކުމް ތަންފީޒުކުރަމުންދާ މީހާ މިނިވަންކުރުންކަމަށްވާނަމަ ލިބޭނެ އިންސާފެއް ނޯންނާނެކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވެފައި މިވަނީ، ރައީސް ޞާލިޙަށް ޓެގްކުރައްވާ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. މި ގޮތުން ރިޔާސީ ވަޢުދުތަކުގެތެރެއިން ފުދޭ ހަމައެކަނި ވަޢުދަކީ، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ހުކުމް ތަންފީޒުކުރަމުންދާ މީހާ މިނިވަންކުރުންކަމަށްވާނަމަ ލިބޭނެ އިންސާފެއް ނޯންނާނެކަމަށް ވިދާޅުވެ ޝިޔާމް ވަނީ މިއީ 21 ވަނަ ޤަރުނުކަމަށް ވިދާޅުވެފައެވެ. އަދި ރަންނަމާރި އެރި ޒަމާން މާޒީވެގެން ހިނގައްޖެކަމަށް ވެސް ޝިޔާމްގެ ޓްވީޓުގައި ބުނެފައިވެއެވެ.
ބުދަ ދުވަހުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެސް ޝިޔާމުވަނީ މި މޭރުމުން ވާހަކަދައްކަވާފައެވެ. ޝިޔާމް ކުރެއްވި ޓްވީޓުގައިވަނީ މަޖިލީހުގެ ޖަލްސާގައި އޭނާ ދެއްކެވި ވާހަކަތައް ވެސް ހިމަނުއްވާފައެވެ. މި ގޮތުން، ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓާލުމުގެގޮތުން، ކުޑަކުދިންގެ ރައްކާތެރިކަމަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަންދިނުމަށް، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް ހުށަހެޅުއްވި ޤަރާރަށް ބަހުސްކުރައްވަމުން ޝިޔާމް ވަނީ، ރޭޕްކުރީމާ ފުލުސް އޮފީހުން ގުޅަންޖެހޭކަމަށާއި، އެ މައްސަލަ ވަންނަނީ ފުލުސް އޮފީހުންކަމަށްވަންޏާ ދެން ރައްޔިތު މީހާ ޓަކިޖަހާނީ ކޮންދޮރެއްގައިތޯ ސުވާލުއުފައްދަވާފައެވެ. އަދި ރޭޕްކުރެވިގެންދާ ކުއްޖާ އިންސާފުހޯދަން ޓަކިޖަހާނީ ކޮންދޮރެއްގައިތޯ ކަމަށް ވެސް ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.
”ރޭޕްކުރީމާ ފުލުސް އޮފީހުން ގުޅަންޖެހެނީ. އެ މައްސަލަ ވަންނަނީ ފުލުސް އޮފީހުންކަމަށްވަންޏާ ދެން ރައްޔިތު މީހާ ކޮން ދޮރެއްގަތޯ ޓަކިޖަހާނީ. ރޭޕްކުރެވިގެންދާ އަންހެންދަރި ކޮންދޮރެއްގަތޯ ޓަކި ޖަހާނީ އިންސާފުހޯދަން، މި ހާލަތުގަ މި ދިވެހި ޤައުމު މިއަދު މިއޮތީ، މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވަޢުދަށް މިވަނީ ރޭޕްކޮށްފަ ކުދަކުދިންނަށް ޖިންސީ ގޯނާކޮށްފަ ތިބޭ މީހުން ދޫކުރުންކަމަށްވަންޏާ އަޅުގަނޑުމެންނަށް ލިބޭނެ އިންސާފެއް ނޯންނާނެ. އަދި ވެރިކަމަށް ވަޑައިގެން ފުއްދޭ ހަމައެެކަނި ވަޢުދަކީ، މި ގޮތަށް ޖިންސީ ގޯނާކޮށްގެން ޙުކުމް ތަންފީޒުކުރާމީހާ ދޫކޮށްލުންކަމަށްވަންޏާ އަޅުގަނޑުމެންނަށް ލިބޭނެ އިންސާފެއް ނޯންނާނެ. ޢިއްޒަތްތެރި ރައީސް އެހެންވީމަ އަޅުގަނޑުމެންގެ ވިސްނުން ބަދަލުކުރަންވީ.“ ޝިޔާމްhttps://twitter.com/Shiyamaldives/status/1281088863541190656?s=20
ޝިޔާމް މިހެންވިދާޅުވެފައިވާއިރު، ރައީސް ޞާލިޙް ވަނީ، ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާއާއި، ޖިންސީ ފުރައްސާރަކުރުމުގެ ތުހުމަތުކުރެވިފައިވާ ޓްއަރިޒަމް މިނިސްޓަރު ޢަލީ ވަޙީދު މަޤާމުން ވަކިކޮށްފައެވެ. މި ގޮތުން ރައީސް ޞާލިޙަކީ ”ގަޓު ރައީސް“ އެކޭ ބުނެ ސޯޝަލް މީޑިއާގައި އެ މަނިކުފާނަށް ތަޢުރީފުތައް އޮހެމުންދާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ފިރިމީހާއާއި، އަދި އިތުރު މީހަކުވެގެން ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައަށް ވެސް ވީގޮތެއްނޭނގިވަނީ އޮބިގެންގޮސްފައެވެ. މި ގޮތުން އިދިކޮޅު ކޯލިޝަނުންނާއި ޢާންމުންގެތެރެއިން ގިނަބަޔަކު އަންނަނީ ރައީސް ޞާލިޙުގެ ވަޢުދުނުފުއްދޭކަމަށް ބުނެ މި ސަރުކާރު ފެއިލްވެފައިވާކަމަށް ބުނަމުންނެވެ.

