ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެފްއޭއެމްގެ މުވައްޒަފަކަށް ކޮވިޑު ޖެހި، މުވައްޒަފުންނާއި އިވެންޓެއް ކަވާރ ކުރި ނޫސްވެރިންތައް ކަރަންޓީނަށް!

އެފްއޭއެމްގެ އިންތިހާބީ ކޮންގުރެސްގެ ތެރެއިން، ކަރަންޓީނު ކުރި ނޫސްވެރިންތެރޭ އިވެންޓު ކަވާރ ކުރަން ދިޔަ މީހުން ހިމެނޭ/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެ، އެސޯސިއޭޝަންގެ ޕްރެސްކޮންފަރެންސްއެއް ކަވަރު ކުރަން ބައިވެރިވީ ނޫސްވެރިން ކަރަންޓީނުކޮށްފިއެވެ.

އެފްއޭއެމްގެ މުވައްޒަފަކު ބައްޔަށް ޕޮޒިޓިވްވުމާއި ގުޅިގެން، ތަނުގެ ބައެއް މުވައްޒަފުންނާއި، ނޫސްވެރިން ކަރަންޓީނުވުމަށް އަންގާފައިވަނީ ގޭގައެވެ. ކޮވިޑަށް ޕޮޒިޓިވްވި މީހާއާއި ކޮންޓެކްޓުވެ ކަރަންޓީނު ކުރި ނޫސްވެރިންގެ ތެރޭގައި ހިމެނެނީ އެފްއޭއެމްގެ ޕްރެސްއަށް ދިޔަ ނޫސްވެރިންނެވެ.

އެފްއޭއެމްގެ ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައިވަނީ މި މަހުގެ 02 ގައެވެ. އެއީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ. އަދި ކޮންގްރެސް ބާއްވާފައިވަނީ އޭގެ ޖެހިގެން އައި ދުވަހުއެވެ. މި ދެ އިވެންޓުގައި ވެސް އެފްއޭއެމްއިން ޕޮޒިޓިވްވި މީހާ ބައިވެރިވެފައި ވެއެވެ.

އެފްއޭއެމްއިން ކޮވިޑަށް ޕޮޒިޓިވްވި މީހާ ހުރީ ކަރަންޓީން ފެސިލިޓީއެއްގައެވެ.

ކޮވިޑާއި ގުޅިގެން އަޅާފައިވާ ބޮޑެތި ފިޔަވަޅުތަކަށް ލުއިތަކެއް ދީފައިވާއިރު، ޖަލްސާތަކާއި، ބައްދަލުވުން އަދި ނޫސްވެރިންގެ ބައްދަލުވުންތައް އިދާރާތަކުން ދަނީ ބާއްވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: